ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކޮށް، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އައްޔަންކޮށްފި އެވެ.

ޕީސީބީން ބުނީ މި ބަދަލު ގެނެސްފައި ވަނީ އިއްޔެ ކަމަށެވެ.

މި ބަދަލު ގެނެސްފައިވަނީ ސަރުކާރު ހިންގުމުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި އާރްޑީސީ އެހެން ކުންފުނިތަކާ އެއްކޮށްލުމަށްފަހު އުވާލަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އިއުލާނުކުރައްވާފައި ވަނިކޮށެވެ.

މީގެއިތުރުން ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ވެސް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފަ އެވެ.