ގޭގައި ހައްދާ ގަސްތަކުގެ ތެރެއިން ބައެއް ގަސް ތަކަކީ އެ ގަސް ފެނުމުން އަހަރެމެންގެ ހިތްހަމަ ޖެހުމުގެ އިތުރުން އޭގައި ސިއްހީ ފައިދާތައް ވެސް އެކުލެވޭ ގަސްތަކެވެ. މި ހިއްސާ ކޮށްލަނީ ގޭގައި ގެންގުޅެން އެންމެ ކަމުދާ ބައެއް ގަސްތަކުގެ ލިސްޓެލެވެ.

ޖޭސްމިން

ޖޭސްމިން އަކީ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު އެއްޗެކެވެ. އޭގައި ހުންނަ ކެމިކަލެއްގެ ސަބަބުން އެންޒައިޓީ އާއި މުޑް ސްވިންގްސް ރަނގަޅު ވުމުގެ އިތުރުން ނިދުމަށް ވެސް ފަސޭހަ ކޮށްދެ އެވެ. މީގެ އިތުރުން ޖޭސްމިން އަކީ ޖުމްލަ ގޮތެއްގައި ދިފާއީ ބާރު ވެސް ވަރުގަދަކޮށްދޭ އެއްޗެކެވެ.

ސްނޭކް ޕްލާންޓް

މިއީ އާންމުކޮށް ނިދާ ކޮޓަރިތެރޭގައި ބެހެއްޓުމަށް ވެސް ވަރަށް ރަނގަޅު ގަހެކެވެ. ސްނޭކް ޕްލާންޓަކީ ވައި ސާފުކޮށްދީ، އޭގައި ހުންނަ ހުރިހާ ޓޮކްސިން މާއްދާތައް ނައްތާލާ ގަހެކެވެ.

އެލޯވެރާ

އެލޯވެރާ މަޝްހޫރީ އޭގައި ހުންނަ ހީލިން އިފެކްޓަށެވެ. މިއީ ހަންގަނޑު އޮމާންކުރުމުގެ ކުރުމުގެ އިތުރުން ސަން ބާން އާއި ސޮރިއޯސިސް ފަދަ ކަންކަމަށްވެސް ފަރުވާ އެކެވެ.

ރަބާ ޕްލާންޓް

ރަބާ ޕްލާންޓްއަކީ ވަރަށް ބޮޑުވާ ގަހެކެވެ. އޭގެ ފަތްތަކުން ވައިގައި ހުންނަ ނުރަނގަޅު މާއްދާތައް ދަމައިގަންނާނެ އެވެ. އެހެން ކަމުން ފޮތިކޮޅަކުން އޭގެ ފަރްތަކުގައި ހުންނަ ހިރަފުސް ގަވައިދުން ފޮޅަންވާނެ އެވެ.