މާލޭގެ މައްޗަންގޮޅި އަވަށުގެ ގެއަކުން އިއްޔެ މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގައި ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނީ އިއްޔެގެ ވަގުތެއްގައި މއ. އާފަލުގެ، މުހައްމަދު މުޖުތަބާ 37، މަރުވެފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެންނެވެ.
އެ އިދާރާއަށް މި މައްސަލަ ހުށަހެޅީ އެގެއިން ކުނި ވަސް ދުވުމާ ގުޅިގެން ބަޔަކު މައްސަލަ ރިޕޯޓްކުރުމުންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މުޖުތަބާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބިފައި ނެތް ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ބަލައި ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެނގިފައިވާ ގޮތުގައި މުޖުތަބާއަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހެކެވެ. އަދި އޭނާގެ މައްޗަށް މަސްތުވާތަކެއްޗާއި ވައްކަމުގެ ރިކޯޑު އޮންނަ އިރު، މީގެ ކުރިން ވެސް އޭނާގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅިގެން ހުކުމެއް ތަންފީޒުކޮށްފައިވެ އެވެ.
މުޖުތަބާ މަރުވީ ކިހިނެއް ކަމެއް މިހާތަނަކަށް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް އޭނާ މަރުވީ މަސްތުވާތަކެތި ބޭނުންކޮށް އޯވަޑޯޒް ވެގެން ކަމަށް ބައެއް މީޑިޔާތަކަށް މީހުން ބުނެފައިވެ އެވެ.
ދުނިޔެއިން ވަކިވެގެންދާނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި:ނަޝީދު
ސިއްހަތަށް ފައިދާހުރި ކާނާ ވެސް ހުސް ބަނޑާ ކާނަމަ "ވިހައަކަށް"!
އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނަށް ހަމަލާދޭން ތައްޔާރު
