އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ އާއި ބައްދަލު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސަރުކާރުން އެޕޮއިންޓްމެންޓެއް ހަމަޖައްސައިނުދިން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ތުހުމަތު ކުރައްވައިފި އެވެ.
ޝުޖާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ރާއްޖެ ވަޑައިގެންނެވި ޕޮމްޕެއޯ އާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދަށް އެޕޮއިންޓްމެންޓެއް ހަމަޖައްސައި ނުދިނުމުން އެމަނިކުފާނު ވަރަށް ބޮޑަށް ކޮފާވެވަޑައިގެންފައިވާ ކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވަނީ އެމެރިކާއިން ރައީސް ނަޝީދާ ބައްދަލުކުރުމުގެ މާބޮޑު ޝައުގެއްނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވަށް ތުހުމަތު ކުރައްވާފަ އެވެ.
އަދި އެކަމުގެ ހަގީގަތަކީ ކޮބައިތޯ ޝުޖާއު ވަނީ ސުވާލުކުރައްވާފަ އެވެ.
ޕޮމްޕެއޯ މިއަދު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވި އެވެ. އަދި މިނިސްޓަރު ޝާހިދާއެކު ރަސްމީ މަޝްވަރާތައް ބޭއްވެވި އެވެ.
މި ދަތުރުގައި ވަނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް އެޅުމަށް ވެސް ނިންމާފަ އެވެ.
15 އަހަރަށްފަހު "ދަ ޑާޓީ ޕިކްޗާ"ގެ ސީކުއަލް ގެނެސްދެނީ!
ހޫތީންނާއި ސައުދީއާ ދެމެދު މެދުވެރިއަކަށް އީރާން
ދިރާގު ރޯޑްރޭސްގައި މި އަހަރު 5،500 އަށްވުރެ ގިނަ މީހުން!

އެއްގޮތަކަށްވެސް މައްސަލައެއްނޫން. ރާއްޖޭގެ ވެރިކަމުގެ ނިޒާމަކީ ބޭރުޤައުމުތައް ދަންނަގޮތުން ޑިމޮކްރަޓިކް ނިޒާމެއް ކަމަށްވީމާ އެމެރިކާފަދަ ޑިމޮކްރަސީއެއް އޮންނަ ޤައުމެއްގެ ޑިޕްލޮމޭޓަކަށް އެނގިވަޑައިގަންނަވާނީ ފޮރިން ޕޮލިސީ އޮންނަގޮތުން ދެޤައުމުގެ ގުޅުމަށް އިތުރުދިރުންތަކެއް ގެންނަން މަޝްވަރާކުރާނީ ރައީސާއި އަދި އެކްސްޓަރނަލް މިނިސްޓަރާ ކަމަށް. އެއީ މައްސަލައެއްނޫން. ނަމަވެސް ލޯއެންފޯރސްމަންޓްގެ މެކޭނިޒަމްގެ ތެރޭގައި އަތުރުއަރާކަންތަކެއް ހުރެގެން ސިހިޔޫނީ ޚިޔާލުތައް ޙިއްސާކޮށް އޮލްޓަރނޭޓިވް ޗޭން
ހަލާކް