ކިމް ކާޑޭޝީއަން، ބެއްލާ ހަޑިޑް، ޝޭ މިޝެލް ފަދަ މަޝްހޫރު އެތަކެއް ހޮލީވުޑް ސެލިބްރިޓީންގެ ގޯ-ޓު މޭކަޕް އާޓިސްޓް، ޕެކްރިކް ޓާ ހިންގާ މޭކަޕް މާސްޓާ ކްލާހެއްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖޭގެ ކުޅަދާނަ މޭކަޕް އާޓިސްޓު ރުތްބާ އަހުމަދަށް ލިބިއްޖެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން ހޮވާލެވޭ މޭކަޕް އާޓިސްޓުންނަށް ޖާގަ ދީގެން ހިންގި މިމާސްޓާ ކްލާހުގައި މޮޑެލް ކޮށްދީފައި ވަނީ ގިނަ ބަޔަކު ސަޕޯޓުކުރާ މޭކަޕް ޔޫޓިއުބާ "ޕެޓްރިކް ސްޓާ" އެވެ.

މިކްލާހުން ފުރުސަތު ލިބުނު ގޮތާ ގުޅޭ ގޮތުން ރުތްބާއާ ސުވާލުކޮށްލުމުން އޭނާ ބުނީ މިއީ ސީދާ ޕެޓްރިކްގެ ޓީމުން އެޕްރޯޗުކޮށްގެން ލިބުނު ފުރުސަތެއް ކަމަށެވެ.

https://www.instagram.com/p/CG4RVROBUq0/

އިތުރަށް ވާހަކަ ދައްކަމުން ރުތްބާ ބުނިގޮތުގައި އޭނާއަކީ ޕެޓްރިކްގެ މޭކަޕް ބްރޭންޑް ގަވައިދުން ގަނެގެން ބޭނުންކުރާ ފަރާތެކެވެ. އެގޮތުން ސްޕެޝަލް އިފެކްޓަކީ ރުތުބާ އެންމެ ގަޔާވާ އެއް ބާވަތުގެ މޭކަޕަށް ވީ ނަމަވެސް، އޭނާގެ ބޮޑު ކްލައިންޓް ބޭސްއެއް ނެޗުރަލް މޭކަޕަށް އެދޭކަމަށް އޭނާ ފާހަގަ ކުރި އެވެ. އަދި މިސްޓައިލްގެ މޭކަޕަށް ޕެޓްރިކްގެ އުފެއްދުންތައް ވަރަށް ފުރިހަމަ ކަމަށް ރުތުބާ ބުންޏެވެ.

އެހެންކަމުން ލަފާ ކުރެވޭ ގޮތުގައި ޕެޓްރިކްގެ އުފެއްދުންތައް ގަތުމުގެ ތެރޭގައި ރުތުބާ ޕެޓްރިކްގެ ޓީމުގެ ރާޑަރަށް އަރާ، މިފަދަ އެހެން ހާލަތަތަކުގައި ވެސް ކަންކުރާހެން، އާޓިސްޓާއި ބެހޭ އިތުރު ދިރާސާ ކުރި އިރު ޕެޓްރިކްގެ ޓީމުން ދައުވަތު ފޮނުވާ އާޓިސްޓުންގެ ބަލާ ކްރައިޓީރިއާތައް ހަމަވާ ފަރާތަކަށް މި ދިވެހި ފަންނުވެރިޔާ ވީކަމުގައި ބެލެވެ އެވެ.

މޭކަޕް ދާއިރާގައި އިންސްޕަޔާ ވާ މީހެއްގެ ފަރާތުން ލިބުނު އަގުހުރި ފުރުސަތާމެދު ނުހަނު އުފާކުރާ ކަމަށް ބުނެ ރުތުބާގެ މިތަޖުރިބާ ވަރަށް ހާއްސަ ކަމަށް އޭނާ ފާހަގަ ކުރި އެވެ. ރުތުބާއަށް ލިބުނު މިޝަރަފަށް "ހުރިހާ" ނޫހުގެ ފަރާތުން ވެސް ތަހުނިޔާ ފޮނުވަމެވެ.

އެކި ބާވަތް ބާވަތުގެ މޭކަޕް ކުރާ މިހުނަރުވެރިޔާ މިހާރު ދަނީ މިދާއިރާއިން އާކުދިން ތަމުރީން ކުރުމުގެ މަސައްކަތް ކުރަމުން ނެވެ. އެގޮތުން ރުތުބާގެ ޕްރައިވެޓް މޭކަޕް ކްލާސް ވެސް ކްލައިޓުންގެ އެދުމުގެ މަތިން އޭނާ ހިންގައިދެ އެވެ. މިކަމާ ބެހޭ މައުލޫމާތު ދޭތެރެ ދޭތެރެއިން އޭނާގެ އިންސްޓަގްރާމް ޕޭޖުގައި ހާމަ ކުރެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ލިންކުގައިވާ ހެންޑްލް އަށް ފޮލޯކޮށް މިފަދަ ވަގުތަކަށް އިންތިޒާރު ކޮށްލައްވާށެވެ.