ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރި އާމިރް ޚާންވެސް ތިންވަނަ ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ.

މިއަހަރުގެ އޮގަސްޓު މަހާއި ދިމާކޮށް އާމިރް އޭނާގެ ދެވަނަ އަނބިމީހާ ކަމަށްވާ ކިރަން ރާއޯ ވަރިކުރި ހަބަރު ވެގެން ދިޔައީ ބޮލީވުޑްގެ އެންމެންވެސް ސިހުމަކަށް ގެނައި ހަބަރަކަށްށެވެ.

އެދެމީހުން 2005 ވަނަ އަހަރު ކައިވެނި ކޮށްފައިވާއިރު، ސަޕޯޓަރުން ސިފަކުރަނީ އެއީ ހަގީގަތުގައިވެސް ވަރަށް ގުޅޭ ދެ ފަންނާނުން ކަމަށެވެ. އެހެންނަމަވެސް ކައިވެނި ނިމުމަކަށް ގެނައުމަށް ފަހު އާމިރް ވަނީ އޭނާ ވަރަށް އަވަހަށް ކައިވެނި ކުރާނެ ހަބަރު މީޑިޔާ ތަކާއި ހިއްސާކޮށްފަ އެވެ.

އާމިރް ކައިވެނި ކުރާނެ ކަމުގެ ހަބަރު ދިންނަމަވެސް، އޭނާގެ ލޯބިވެރިޔާގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ހިއްސާކޮށްފައެއް ނުވެ އެވެ.

އާމިރް ބުނާގޮތުން އޭނާ އިންނަ މީހާގެ މައުލޫމާތު ހާމަކުރާނީ އާމިރްގެ ދެން އެންމެ އަވަހަށް ނެރޭ ފިލްމު ނިކުތުމަށް ފަހުގަ އެވެ. މިކަން މިހެން ސިއްރުކުރީ ފިލްމަށް ލިބޭ ސަޕޯޓާއި އެހެނިހެން ކަންކަމަށް ބުރޫ އަރާފާނެތީކަމަށްވެސް އާމިރް ވަނީ ބުނެފަ އެވެ.

ބެލެވޭ ގޮތުގައި އާމިރް އާއި ކިރަންގެ ގުޅުމަށް އެންމެ ފުރަތަމަ ހީނަރުކަމެއް އައީ އާމިރް އެންމެ ފަހުން ކުޅުނު ފިލްމު ކަމަށްވާ "ދަންގަލް" ގައި އޭނާގެ ކޯސްޓާރު ފާތިމާ ސަނާ ޝެއިޚް އެކު ފިލްމު ކުޅުމުން ކަމަށް ބައެއް މީޑިޔާ ތަކުން ހަބަރުދެ އެވެ. މިކަން މިހެންވާއިރު، އާމިރްގެ ސަޕޯޓަރުން ދަނީ މިކަމުގައި ޒިންމާ ނަގަން ޖެހޭނީ ސަނާ ކަމުގައި ބުނަމުންނެވެ.

ކޮންމެ އަކަސް އާމިރް ވަނީ އޭނާގެ ފިލްމު ރިލީޒްވުމާއި އެކު ލޯބިވެރިޔާގެ ނަން ހާމަކުރާނެ ވާހަކަ ބުނެފަ އެވެ. ސަޕޯޓަރުންނަށް އާމިރްގެ ލޯބިވެރިޔާ އާއި ގުޅޭގޮތުން އޭނާ ދިން ހަމައެކަނި ޔަގީންކަމަކީ، ލޯބިވެރިޔާ އަކީ އޭނާ މީގެ ކުރިން އެކުގައި ފިލްމީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަންނާނެއްކަމެވެ.