ކެންސަރަށް ފަރުވާ ހޯދަމުން ގެންދިޔަ ތުއްތު އަންހެން ކުއްޖަކު މިއަދު ނިޔާވެއްޖެ އެވެ.
އެކިއުޓް މަޔަލޮއިޑް ލުކީމިޔާ ވިތް ސައިކްލިކް ޕެޓާން ނިއުޓްރޯފީނިއާއަށް ފަރުވާ ހޯދަމުން ގެންދަނިކޮށް މިއަދު ނިޔާވީ 11 މަހުގެ ދިވެހި އަންހެން ކުއްޖެކެވެ. ފަރުވާހޯދަމުން ގެންދަނިކޮށް އެ ކުއްޖާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ކުއްޖާގެ އާއިލާއިން ބުނިގޮތުގައި ކުއްޖާ ނިޔާވީ ބެންކޮކްގެ ވާޖިރާ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ އައިސީޔޫއިން، ސަމިތިވޭޖް ހޮސްޕިޓަލަށް ޓްރާންސްފާކުރި ފަހުންނެވެ. އަދި ކުއްޖާ ނިޔާވީ މިމަހުގެ 22 އިން ފެށިގެން ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން ގެންދަނިކޮށެވެ.
އޭގެ ކުރިން އިންޑިއާގައި 10 މަސް ދުވަސް ވަންދެން އެ ކުއްޖާއަށް ފަރުވާދެމުން ގެންދިޔަ ކަމަށާއި، ބަލި ދިޔައީ ކުއްޖާގެ ހަށިގަނޑުގައި ހަލުވިކޮށް ފެތުރެމުން ކަމަށް އާއިލާއިން ބުނެފައިވެ އެވެ. އަދި ފަރުވާކުރުމުގެ ތެރެއިން ކުއްޖާގެ ސްކިން ބައޮޕްސިސްއިން ތިން ފަހަރުގެ މަތިން ތަފާތު ތިން ވައްތަރެއްގެ އާދަޔާ ހިލާފަށް ނުފެންނަ މަދު ބާވަތެއްގެ ކެންސަރެއް ފެނިފައިވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.
އާއިލާއިން ބުނީ ބެންކޮކަށް ދިޔައީ މިކަން އިތުރަށް ކަށަވަރުކޮށް، ކެންސަރުގެ ބާވަތް އިތުރަށް ދެނެގަންނަން ކަމަށެވެ.
މީގެ ކުރިން އާއިލާއިން ވަނީ ކުއްޖާގެ ބަލި ހާލަތު ހަމައަކަށް އެޅުމާއެކު އިންޑިއާއަށް އަނބުރާ ދާން ނިންމާފައިވާ ކަމަށްވެ އެވެ.
ހެލްތް މިނިސްޓަރު ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ ނަސީމް އިސްތިއުފާ