"ބިގް ބޮސް 15" އަށް އާންމުންގެ މަގުބޫލުކަން ނުލިބުމާ ގުޅިގެން ޝޯ އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމަށް އަޑު ފެތުރިއްޖެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާ ގޮތުގައި ބިގް ބޮސްގެ މިފަހަރުގެ ސީޒަންއަށް ލިބިފައިވާ ޓެލެވިޝަން ރޭޓިންގ ޕޮއިންޓް(ޓީއާރްޕީ) ވަނީ މީގެ ކުރިން ދުވަަކު ވެސް ނުދާވަރަށް ދަށަށް ގޮސްފަ އެވެ.

މި ސަބަބާއި ގުޅިގެން ބިގް ބޮސްގެ މިފަހަރުގެ ޝޯ މެދުތެރެއިން ހުއްޓާލަން ޖެހިދާނެކަމުގެ އިޝާރާތެއް ޝީގެ މެނޭޖްމަންޓުން ދީފައިވާކަމަށް އިންޑިޔާ ނޫސްތަކުން ވަނީ ބުނެފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި ޝޯ ހުއްޓާލާނެ ކަމަށް އަޑުފެތުރިފައިވާ ކަމަށް އިންޑިޔާ ނޫސްތަކުގައި ބުނެފައިވެ އެވެ.

މިކަން މިހެންވީ ބިގް ބޮސްގެ މެނޭޖުމަންޓުން ޝޯގެ ވައްޓަފާޅި ވަކި ގޮތަކަށް ބަދަލުކޮށްލުމުން ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.

ހަމައެހެންމެ ޝޯއަށް ކިރިޔާ ވެސް ރޭޓިން ގިނަ ވަނީ، ޕްރަތީކް ސެހަޖްޕާލާއި އުމަރް ރިއާޒާއި ދެމެދުގައި އޮތް މައްސަަލައިގެ ސަބަބުން ކަމަށާއި، ކަރަން ކުންދްރާ އަދި ތެޖަސްވީ ޕްރަކާޝްގެ ލޯބީގެ ސަބަބުން ކަމަށް ބެލުންތެރިން ބުނެފައިވެ އެވެ.