އަންނަ އަހަރު ސަރުކާރުގެ ބަންދު ދުވަސްތަކެއްގެ ގޮތުގައި އިތުރު ދުވަސްތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމަކުން ވަނީ އަންނަ އަހަރުގެ ހަތަރު ދުވަހެއް ބަންދުކުރުމަށް ކަނޑައަޅުއްވާފަ އެވެ.
ބަންދުކުރައްވާފައިވާ ދުވަސްތަކުގެ ތެރޭގައި:
- 5 މޭ 2022 (ބުރާސްފަތި)
- 13 ޖުލައި 2022 (ބުދަ)
- 14 ޖުލައި 2022 (ބުރާސްފަތި)
- 28 ޖުލައި 2022 (ބުރާސްފަތި)
މި ދުވަސްތައް ބަންދުކޮށްފައިވަނީ އީދު ބަންދުތަކާއި މިނިވަން ދުވަހާ ގުޅިގެންނެވެ.
ސަރުކާރުން ފާހަގަކުރާ ރަސްމީ ދުވަސްތަކާއި ގުޅިގެން މީގެ ކުރިން ވެސް މިފަދަ ދުވަސްތައް ބަންދުކުރަމުންދެ އެވެ. އެގޮތަށް ރައީސުލްޖުމްހޫރިއްޔާ ދުވަސްތައް ބަންދުކުރަނީ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.
އެރިއާނާގެ ފަރާތުން ޣައްޒާގެ ކުޑަކުދިންނަށް ބޮޑު އެހީއެއް!
އެމެރިކާ ބޭސްތައް ގޮއްވާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި
ފިރުއައުނާއި ނަމްރޫދުގެ ނިމުމަށް ވުރެ ޓްރަމްޕްގެ ނިމުން ހިތިވާނެ