ރިޔާސީ އިންތިހާބުގެ ވައުދާ އެއްގޮތަށް އެއްވެ އުޅުމުގެ މިނިވަންކަންދިނުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގޮވާލައިފި އެވެ.
އެ ޖަމިއްޔާއިން މިކަމަށް ގޮވާލީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޖަލްސާ ބާއްވަން ތައްޔާރުކުރަން ފެށުމުން އެޗްޑީސީ އާއި ފުލުހުން ހުރަސް އެޅުމުންނެވެ.
އެ ޖަމިއްޔާއިން މިރޭ ބުނީ ގާނޫނު އަސާސީއާ ހިލާފަށް އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ އިސްލާހެއް ގެނައުމަކީ ރައްޔިތުންނަށް މިނިވަންކަމާއެކު އެ ހައްގުގެ ބޭނުން ނުކުރެވޭނެ ކަމެއް ކަމަށް ބުނެ މި ސަރުކާރުގެ ވެރިން ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ، އަޅުގަނޑުމެންގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް. ޔޫޑީއެޗްއާރު އާއި އައިސީސީޕީއާރު ފަދަ ބައިނަލްއަގުވާމީ އެތައް މުއާހަދާއެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބިދީފައިވޭ. ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ކޮންމެ މީހަކަށް ވެސް އެއްވެ އުޅުމުގެ އޮންނާނެ،" ޓްރާންސްޕޭރަންސީން ބުނެފައިވެ އެވެ.
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި