މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައި ވަނީ ރ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށެވެ.
މެޓުން ސަމާލު ނެރުނީ މިއަދުގެ ހެނދުނު 10:31 ގަ އެވެ. އަދި މިއަދުގެ ހެނދުނު 11 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ.
މެޓުން މީގެ ކުރިން މޫސުމަށް ސަމާލުވުމަށް އަންގާފައި ވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެ އެވެ.
ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް ކާމިޔާބުކަމާއެކު ނިންމާލައިފި
ކުރިން މޫނު އަނބުރާލި މީހުން މިހާރު ދަނީ ފިލްމުތައް ދެމުން: ބޮބީ
ފިޔާ ސާފު ކުރުމަށްފަހު ތޮށިތައް އުކާނުލާތި!
