ބޮލީވުޑްގެ މަޝްހޫރު ކޮމެޑިއަން ބާރްތީ ސިން ބަނޑުބޮޑުކަމުގެ ހަބަރުދީފި އެވެ.
ބާރްތީއާއި އޭނާގެ ފިރިމީހާ ހަރްޝް ލިންބާޗިޔާ، ފޭނުންނަށް މި ހަބަރު ދީފައިވަނީ ޔޫޓިއުބްގައި އެ މީހުންގެ ޗެނަލުން ޕޯސްޓުކުރި ވީޑިއޯއެއްގަ އެވެ.
އެ ވީޑިއޯގައި ބާރްތީ ފާހާނާއަށް ގޮސް ޕްރެގްނެންސީ ޓެސްޓު ހަދަންދާ މަންޒަރު ފެނެ އެވެ. ފޭނުންނަށް ހަބަރުދެމުން ބާރްތީ ވަނީ، އޭނާ ޕްރެގްނެންސީ ޓެސްޓް އޮން ކެމެރާގައި ރިކޯޑުކުރާތާ ހަމަސް ދުވަސް ވެފައިވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނާގޮތުން އެހެން އޮން ކެމެރާގައި ޕްރެގްނެންސީ ޓެސްޓް ރިކޯޑުކުރީ އެ "ގޯލްޑެން މޯމެންޓް" ރިކޯޑް ކުރުމަށެވެ.
ބަނޑުބޮޑުކަން އެނގުމާއެކު ބާރްތީ އޭނާގެ ފިރިމީހާ ކައިރިއަށް ގޮސް އެ ވާހަކަ ވަގުތުން ބުންޏެވެ.
ބަނޑުބޮޑުކަން ހާމަކުރުމަށްފަހު އެއީ ހަރްޝްގެ ދަރިފުޅެއް ނޫން ކަމަށް ބުނެ ބާރްތީ ވަނީ އޭނާގެ ފިރިމީހާ ބިރުގަންނަވާލާފަ އެވެ. ނަމަވެސް ފަހުން ބާރްތީ ވަނީ އެއީ އެ ދެމީހުންގެ ދަރިފުޅެއް ކަމަށް ބުނެފަ އެވެ.
މިފަދައިން މީހުން ހެއްވާލާ ބާރްތީ އާއި ހަރްޝް އަކީ އިންޑިއާގައި މީހުންގެ މަގުބޫލުކަން ލިބިފައިވާ ދެ މީހުންނެވެ. މިދެ މިހުންނަށް ލިބުނު އުފާވެރިކަމާއެކު އެ މީހުންގެ ފޭނުން ވަނީ އެދެ މީހުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
ހަމަލާތައް މެދުކަނޑާލުމާއެކު ތެލުގެ އަގު 5 ޕަސެންޓަށް ދަށްވެއްޖެ
"ފްރެންޑްސް"ގެ ތަރި ލީސާއަށް ހޮލީވުޑް ވޯކް އޮފް ފޭމްގެ ތަރިއެއް!
އިންފޮމޭޝަން ކޮމިޝަނަރަކަށް ހުންނެވީ އިދިކޮޅު ބޭފުޅެއް: ރައީސް
