ބޮލީވުޑްގެ މަޝްހޫރު އެކްޓަރެސް ކެޓްރީނާ ކައިފް ރާއްޖޭގައި އިޝްތިހާރެއްގެ މަންޒަރުތަކެއް ނެގުމަށް ފަހު އަނބުރާ މުންބާއީއަށް ގޮސްފި އެވެ.

ކެޓްރީނާ ހިމަނައިގެން ރާއްޖޭގައި ނެގީ ދިހަ އަހަރަކަށް ވުރެން ދިގު މުއްދަތަކަށް އޭނާ ބްރޭންޑް އެމްބެސެޑަރުކަން ކުރަމުން އަންނަ "ސްލައިސް ބެވަރެޖް" އިޝްތިހާރެކެވެ.

ކެޓްރީނާ ކައިފް އެ އިޝްތިހާރު ކުޅެން ރާއްޖެ އައިސް ހުރި އިރު ނަގާފައިވާ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމުގައި ވެސް ހިއްސާކޮށްފައިވެ އެވެ. އެ ފޮޓޯގެ ކެޕްޝަންގައި ކެޓްރީނާ ބުނެފައި ވަނީ ރާއްޖެ އަކީ އޭނާގެ "އުފާވެރި މަންޒިލް" ކަމަށެވެ.

https://www.instagram.com/p/CZJXCl6vFTq/

މި ފޮޓޯޝޫޓަށް ފަހު، ދެން ކެޓްރީނާ ދާނީ އޭނާ ސަލްމާން ޚާންއާ އެކު ކުޅޭ ފްރެންޗައިޒް ފިލްމު "ޓައިގާ 3" ގެ ޝޫޓިންނަށެވެ. އޭގެ ފަހުން އޭނާ ފަށާނީ ވިޖޭ ސެތޫޕަތީގެ "މެރީ ކްރިސްމަސް"ގެ މަސައްކަތެވެ.

https://www.instagram.com/p/CZGttQvPF0I/

ކެޓްރީނާ އެއްމެ ފަހުން ފެނިފައި ވަނީ އަކްޝޭ ކުމާރާއެކުގައި ފިލްމު "ސޫރްޔާވަންޝީ:ން ނެވެ.

މިދިޔަ އަހަރު ޑިސެމްބަރު 09 ގައި ވިކީ ކޯޝަލް އާއި ކައިވެނިކުރުމަށް ފަހު، ކެޓްރީނާ އާއި ވިކީ ކޯޝަލް ހަނީމޫނަށް ރާއްޖެ އައިކަން ފާހަގަކޮށްލެވެ އެވެ.

https://www.youtube.com/watch?v=DpUT1E0SGiI&t=32s

ކައިވެންޏަށް ފަހު ދެތިން ދުވަހުގެ ތެރޭ ދެ މީހުން ވެސް މަސައްކަތަށް އެނބުރި ގޮސްފައިވާއިރު ވިކީ މި ވަގުތު ހުރީ ސާރާ އަލީ ހާން އާއެކު އޭނާ ކުޅޭ ފިލްމުގެ ޝޫޓިންއަށް އިންދޯރުގަ އެވެ.