ސަރުކާރުން ދެން ހަދާނީ ދިވެހި ރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމުގައި ކަނޑައަޅާ ގާނޫނުކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި "އިންޑިއާ އައުޓް" ކިއުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅުމަށް ގާނޫނެއް އެމްޑީޕީން ޑްރާފްޓްކުރުމާ ގުޅިގެން އަދުރޭ ކުރި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން ދެން ހަދާނީ ދިވެހި ރާއްޖެއަކީ އިންޑިއާގެ އަވަށެއް ކަމަށް ކަނޑައަޅާ ގާނޫނު ކަމަށެވެ. އަދި ގައުމާއި ރައްޔިތުންނަށް ކުޑަ ވެސް ލޯތްބެއް ހުރި ދިވެހި ދަރިޔަކު ނަމަ މި ޣައްދާރުންގެ ކޯލިޝަން ސަރުކާރާ ދެކޮޅަށް ތެދުވާން ޖެހޭ ވަގުތު މި އޮތީ ޖެހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އިންޑިއާ އައުޓް ކިޔުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅައި ހުށަހެޅުމަށް ނިންމާފައިވާ ބިލަށް ދީފައިވާ ނަމަކީ "ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް" އެވެ.
މި ބިލުގައި ރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ސިޔާސަތުތަކަށް ނޭދެވޭ އަސަރެއް ކުރާނެ ގޮތަކަށް ސިޔާސީ ހަރަކާތެއް ހިންގައިފި ނަމަ އަދަބު ދިނުމަށް ހުށަހަޅަން ނިންމާފައިވެ އެވެ. މިއާއިއެކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅު ހެދުމުގެ ގޮތުން އެއްވެސް ކަމެއް ކުރުމަކީ ގާނޫނީ ކުށެކެވެ. އެ ކުށުގެ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާ ކުރުމާއި، ޖަލަށް ލުމުގެ އިތުރުން އަރުވާލުން ހިމެނެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަމުން އަންނަ ކެމްޕެއިން މިހާރު ވަނީ ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ އެކު، އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަރުގަދަކޮށްފަ އެވެ.
އެމަނިކުފާނު މިހާރު ވެސް ގެންދަވަނީ އަތޮޅުތެރެއަށް ވަޑައިގެން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ޗައިނާ އަވަށަަށް ނަހަދާތި ކޮންމެސް ކޮންމެސް