ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ގއ. ވިލިގިއްޔަށް ވަޑައިގެންފި އެވެ.

ރައީސް ޔާމީން މިއަދު ވިލިގިއްޔަށް ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޕީޕީއެމުން ބުނީ އެމަނިކުފާނު ވިލިނގިއްޔަށް ވަޑައިގެންނެވީ، ރާއްޖޭގައި ތިބި ބޭރު ސިފައިން ފޭބުމަށް ގޮވާލައި އެރަށުގައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ކެމްޕޭނުގައި ބައިވެރިވުމަށް ކަމަށެވެ. އޭގެ އިތުރުން ވިލިނގިލީގައި އެ ހަރަކާތް ކުރިއަށް ގެންދަނީ އެރަށު ރައްޔިތުން އިންތިޒާމުކޮށްގެން ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން ހަރަކާތެއް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދަނީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ވަނީ ގޮވާލާފަ އެވެ.

ރައީސް ޔާމީން ވިދާޅުވާގޮތުގައި އިންޑިއާ އައުޓް ހަރަކާތަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތަށް ނުރައްކާ އޮތް ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ބާރު އޮތުމުން، އިންޑިއާ އައުޓް ހަރަކާތެއް ހުއްޓުވަން ގާނޫނެއް ހެދިނަމަވެސް، ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ތިބުމަކީ ދިވެހި ރައްޔިތުން އެންމެ އެދޭނެ ގޮތެއް ނުންކަމުގައި ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.