ކޮވިޑަށް އިތުރު 535 މީހުން މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މުޅި ރާއްޖެއިން 2،231 ސާޕަލް ޓެސްޓް ކޮށްފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 535 މީހުންނެވެ.

މީގެ ތެރެއިން މާލެ ސަރަހައްދުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 42 މީހުންނެވެ. އަދި އަތޮޅު ތެރެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 448 މީހުންނެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވީ 34 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 171،649 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު 14،887 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އަންނައިރު އޭގެތެރެއިން 10 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެންނެވެ. އަދި 156،452 މީހަކު ބަލިން ރަނގަޅު ވެފައިވާއިރު، މި ބަލީގައި 297 މީހަކު ވަނީ ނިޔާވެފަ އެވެ.