ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ސެންޓަރުތަކަށް އަމިއްލައަށް ބޮޑު ކުރި އަގުގައި އަލުން ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާއި ގުޅިގެން ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް އެދި ޑްރައިވަރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށް ވެސް ދަންނަވާފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިރު ވެސް އެ މިނިސްޓްރީން އެ ސިޓީއަށް އެކަށީގެންވާ ޖަވާބެއް ދީފައެއް ނުވެ އެވެ.
ޓެކްސީ ޑްރައިވަރުން އެދުނު ގޮތަށް ސަރުކާރުން އިޖާބަދީފައި ނުވާތީ އިއްޔެއިން ފެށިގެން ޓެކްސީ ޑްރައިވަރުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުގައި ނޫން އެހެން އަގެއްގައި ޓެކްސީ ހިދުމަތްދޭ ނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެހެން ކަމުން ޓެކްސީ ސެންޓަރުގެ ވެރިން/ހިންގުމާއި ހަވާލުވެ ތިބި އިސްވެރިންގެ މަޝްވަރާ ބައްދަލުވުމަށްފަހު އެ ފަރާތްތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގަށް އަންނަ ބަދަލާއި ގުޅިގެން ޓެކްސީގެ ހިދުމަތުގެ އަގު ބޮޑު ކުރަން ނިންމާފަ އެވެ. އަދި ސެންޓަރުތަކުން ކަނޑައަޅާ އަގުތަކުގެ ފައިނަލް ޑްރާފްޓް އެކުލަވާލާއި ހުރިހާ ސެންޓަރެއްގެ ތައްގަނޑު ޖަހާ ސޮއި ކުރުމަށްފަހު ޓްރާންޕޯޓް މިނިސްޓްރީއަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ.
އަދި މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ކަމުގައި ވިއަސް އިއްޔެއިން ފެށިގެން ޑްރައިވަރުންގެ ހިޔާލާއެކު، ހުރިހާ ސެންޓަރުތަކުން އިއްތިފާގުވެ އެއްބަސްވާ އަގުތަކަށް ހިދުމަތް ދިނުމަށް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:
- މާލެ ސިޓީގެ އެތެރޭގެ ދަތުރުތައް، 30 ރުފިޔާ.
- ހުޅުމާލޭ ފޭސް 1 ގެ އެތެރޭގެ ދަތުރުތައް، 25 ރުފިޔާ
- ހުޅުމާލޭ ފޭސް 2 ގެ އެތެރޭގެ ދަތުރުތައް، 25 ރުފިޔާ
- މާލެއިން ހުޅުމާލެއަށް/ހުޅުމާލެއިން މާލެއަށް، 100 ރުފިޔާ
- މާލެއިން އެއާޕޯޓަށް/އެއާޕޯޓުން މާލެއަށް، 80 ރުފިޔާ
- ހުޅުމާލެއިން އެއާޕޯޓަށް/އެއާޕޯޓުން މާލެއަށް، 80 ރުފިޔާ
- ހުޅުމާލޭ ފޭސް 2 އިން މާލެއަށް/މާލެއިން ހުޅުމާލެ ފޭސް 2 އަށް، 120 ރުފިޔާ
- ހުޅުމާލޭ ފޭސް 1 އިން ހުޅުމާލޭ ފޭސް 2 އަށް، 40 ރުފިޔާ
- މާލެއިން ސީޕްލޭން ޓާމިނަލަށް، 100 ރުފިޔާ
- ހުޅުމާލޭއިން ސީޕްލޭން ޓާމިނަލަށް، 100 ރުފިޔާ
- ހުޅުމާލޭ ފޭސް 2 އިން އެއާޕޯޓަށް/އެއާޕޯޓުން ފޭސް 2 އަށް، 100 ރުފިޔާ
- ހުޅުމާލޭ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް، 120 ރުފިޔާ
މި އަގުތަކުގެ ތެރެއަށް ދަންވަރު 00:00 އިން ހެނދުނު 6:00 އަށް ހިދުމަތް ދިނުމުގައި ފަސް ރުފިޔާ އިތުރަށް ނެގުމަށާއި ގަޑި ދަތުރުތަކަށް ޓެކްސީ ހަޔާކޮށްގެން ކުރާ ގަޑި ދަތުރު ކުރުމަށް، 1 ގަޑިއިރަށް 250 ރުފިޔާ ނަގާ ގޮތަށް ވެސް ނިންމާފައިވާ ކަމަށް ސެންޓަރުތަކުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އެ މިނިސްޓްރީން ޓެކްސީ ދަތުރު ކުރުމުގައި ނެގޭނެ އެންމެ ބޮޑު ފީ ކަނޑާއަލާފައިވާއިރު، އެ ފީއަށް ވުރެ މަތިން އަގު ނަގާނަމަ އެ ބަޔަކާ މެދު ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ އެވެ.
ޓެކްސީ ތަކުން އަގުބޮޑު ކުރަން ޑިމާންޑް ކުރާއިރު މިހާރުވެސް ބައެއް ޓެކްސީތަކުން ދަތުރު ކުރަނީ ހިތުހުރި އަގަކަށްކަން ފާހަގަ ކުރެވެ އެވެ.
ޑްރައިވަރުން ކަނޑައެޅި ބޮޑު އަގުގައި ޓެކްސީ ދަތުރުތައް ފެށިއިރު ތަމެންގެ ކައްޕަޅި ސަރުކާރު ނިދާފައި އޮތުމުން އެއިން އެގިގެންދާ އެއްޗަކީ ރައްޔިތުންގެ ހަގީގީ ވޯޓަކުން ވެރިކަމަށް އައިސްފައި ތިބި ބައެއް ނޫން ކަމޭ މިހާރު ވެރިކަމުގައި މިތިބީ ވެރިކަމުގައި މިތިބީ އެއީ ރައްޔިތުންގެ %30 ވޯޓް ލިބިގެން އައިސްފައި ތިބި ބައެކޭ ޓެކްސީ ޑްރައިވަރުން ނިކުމެ ރައްޔިތުން ފެލަމުންދާއިރު ތަމެންގެ ކައްޕަޅި ސަރުކާރު ނިދާފައި ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާދީ
ބޮޑު އަގުގައި ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން ނިންމައިފި ނަމަ ދަތުރު ކުރާ ޕަސެންޖަރުންނަށް އޮންނާނެއޭ ހުއްދަ ޓެކްސީ ގައި ދަތުރުކޮށްފައި ފައިސާ ނުދީ ފިލުން ވެސް ގާނޫނު ތައް މުގުރާފައި ޓެކްސީ ޑްރައިވަރުންނަށް މާލޭގެ މަގުތަކުގައި ޓެކްސީ ނުކުރެވޭނެއޭ ޓެކްސީ ޑްރައިވަރުންނަކީ އެއީ ބޮޑެތި މުޖުރިމުންނޭ ސްޕިންގް ހެޑް ބޭޑް ހެޑް އެވްރީ ބޮޑީ އޮފް ޓެކްސީ ޑްރައިވަރސް އާރ ގޯން މޭޑް އެން ބޭޑް އެން ކްރޭޒީ އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯން ރިއަލީ ކެއަރ އެބައުޓް އަސް އޯލް އައި ވޮނާ ސޭ ދެޓް ދޭ ޑޯން ރިއަލީ ކެއަރ
ޑްރައިވަރުން ކަނޑައެޅި ބޮޑު އަގުގައި ޓެކްސީ ދަތުރުތައް ފަށައިފި ނަމަ މިއިން އެގިގެންދާ އެއްޗަކީ މިރާއްޖޭގައި ގާނޫނީ ސަރުކާރެއް އޮތް ކަން މިހާރު ވަނީ ކެނޑިގެން ގޮސް ކަނޑުގެ ހުކުމް ހިނގާ ގައުމަކަށް ވެފައޭ ސަރުކާރު މިހާރުން މިހާރަށް އިސްތިއުފާ ދޭން ޖެހޭނެއޭ އަދި ސަރުކާރުގެ ކެބިނެޓް އެއްކޮށް އިސްތިއުފާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ކެބިނެޓް އިސްތިއުފާ ޝައުނާ އިސްތިއުފާ ނަހުލާ އިސްތިއުފާ ޝައުނާ އިސްތިއުފާ ނަހުލާ
ބޮޑު އަގުގައި ދަތުރުކުރުމަށް ޓެކްސީ ޑްރައިވަރުން ނިންމައިފި ނަމަ ފުލުހުން މިހާރުން މިހާރަށް ނިކުމެ އެކަން ހުއްޓުވާށޭ އެނޫން ނަމަ ރައްޔިތުން ނިކުމެ މައިކަލް ޖެކްސަންގެ ބްލެކް އޯރ ވައިޓް ލަވައިގައި މައިކަލް ކާރު ބޮނެޓް މަތީ ނަށާ ގޮތަށް މަމެން ޖެހިދާނެއޭ ޓެކްސީ ތަކުގެ ބޮނެޓް މައްޗަށް އަރާ ނަށަން ހެއި ޕޮލިސް ކަމިޝަނަރ ވެއަރ އާރ ޔޫ ގޮއިން މިކަން ހައްލު ކުރާށޭ އައި ޑޯން އީވެން ނޯ ދީސް ކްރޭޒީ ޑްރައިވަރސް އައި ގެސް ޔޫ ނޯ ވަޓް އިޓް މީންސް ޖަސްޓް ގޮނާ ސްޓޭންޑް ދެއަރ އެން ހިއަރ މީ ކްރައި