ކިންގް ސަލްމާން މިސްކިތުގައި ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ދަރުހެއް ބޭއްވުމަށް ހުއްދައަށް އެދުމުން އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނުމަށް ދެކޮޅުހަދާފައިވާ ކަމަށް އެ ކޯލިޝަނުން މިއަދު ބުނެފި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ކޮށްފައިވާ ސަލްމާން މިސްކިތުގައި ދީނީ ދަރުސް ޕްރޮގުރާމެއް އަންނަ ހުކުރު ދުވަހު ކުރިއަށް ގެންދިޔުމަށް ހުއްދަ އަށް އިސްލާމިކް މިނިސްޓްރީ ކިބައިން ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެދިފަ އެވެ. މިގޮތަށް އެ ކޯލިޝަނުން އެދުނީ އަދާލަތު ޕާޓީން ސިލްސިލާ ގޮތެއްގައި މާލޭގެ ޝަހީދު އަލީ މިސްކިތުގައި ދަރުތައް ބާއްވަމުންދާތީ އެވެ.
މިއަދު ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާ މެންބަރު އިބްރާހީމް ޝުޖާ ވިދާޅުވީ އެ ޕާޓީން އިއްޔެ ފޮނުވި ސިޓީއަށް އިސްލާމިކް މިނިސްޓްރީގެ ޖަވާބެއް ނުލިބިގެން، މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ގުޅުއްވުމުން އެއްވެސް ސިޔާސީ ޕާޓީއަކަށް މިސްކިތްތަކުގެ ތެރޭގައި ޕާޓީތަކުގެ ލޯގޯ ޖަހައިގެން ސިޔާސީ ހަރަކާތް ހިންގުމުގެ ހުއްދަ ނުދެއްވާ ކަމަށް ވިދާޅުވި ކަމަށެވެ.
ނަމަވެސް މި ރަމަޟާން މަސް ފެށުނު ފަހުންވެސް ޝަހީދު އަލީ މިސްކިތުގައި އަދާލަތު ޕާޓީގެ ފަރާތުން އެ ޕާޓީގެ ލޯގޯ ޖަހައިގެން ދީނީ ދަރުސްތައް އަންނަނީ ބާއްވަމުންނެވެ. ސިލްސިލާކޮށް ބާއްވާ އެ ދަރުސްތަކުގެ ދެވަނަ ދަރުސް ދެއްވާފައިވަނީ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް އެފެއާޒް މިނިސްޓަރު އިމްރާން އެވެ.
ޕީޕީއެމްގައި ދީނީ ގޮތްޕެއް އޮންނަކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ އެ ޕާޓީއަކީ ރޯދަމަސްތަކާ ދިމާކޮށް އިހުޔާ ޕްރޮގްރާމްތައް ވެސް ހިންގާ ޕާޓީއެއް ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ އިހްޔާ ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ ޕީޕީއެމްގެ އޮފީހުގައި ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ތިބޭފުޅުން އެޅުއްވި (ލޮލައްުނުފެންނަ) ޒިކުރާމިސްކިތުގާ ދަރުސް ދެއްވުމައް އެދެންވީ ނޫންތޯ އޭރުން ފަހަރެއްގާ ހުއްދަދެއްވާފާނެ