ރައީސް އޮފީހާއި ރައީސްގެ ރަސްމީ ގެކޮޅު އަދި ނައިބް ރައީސްގެ ރަސްމީ ގެކޮޅަށް 2020 ވަނަ އަހަރު ހަރަދުކޮށްގައިވަނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް ކަމަށް އޮޑޮޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

އޮޑިޓަރުގެ ޖެނެރަލް އޮފީހުން އިއްޔެ ނެރުނު ރައީސް އޮފީހާއި ރައީސްގެ ރަސްމީ ގެކޮޅު އަދި ނައިބް ރައީސްގެ ރަސްމީ ގެކޮޅުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ނެރެފަ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2020 ވަނަ އަހަރު ނިމުނުއިރު ރައީސް އޮފީހާއި ރައީސްގެ ރަސްމީ ގެކޮޅު އަދި ނާއިބު ރައީސްގެ ރަސްމީ ގެކޮޅަށް ހަރަދުކޮށްފައިވަނީ އެއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގެ މަގުސަދު ހާސިލުވާ ގޮތަށް ކަމަށެވެ. އަދި އެ ބަޖެޓްގައި ކަނޑައަޅާފައިވާ ކަންތައްތަކަށް ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

"މި އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެ އާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ރަސްމީގޭގެ އެހެނިހެން މާލީ ކަންކަން މައިގަނޑު ގޮތެއްގައި ހިންގާ ބަލަހައްޓާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށެވެ،" އޮޑިޓް ރިޕޯޓްގައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2020 ވަނަ އަހަރުގެ ކޮންސޮލިޑޭޓެޑް މާލީ ބަޔާނަށް އޮޑިޓަރު ޖެނެރަލް ދެއްވާގައިވަނީ އަންކޮލިފައިޑް އޮޕީނިއަން އެއް ކަމަށެވެ.