މިއަހަރުގެ އެންމެ ހޫނު ގަދަމަކީ މި ހިނގާ އޭޕްރީލް މަސް ކަމަށް މެޓު އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނެފައި ވަނީ މިއަހަރުގެ އޭޕްރީލް މަޖަކީ މިއަހަރުގެ ތެރޭގައި މުޅި ރާއްޖެއަށް އެންމެ ހޫނު ގަދަ މަސް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ މެނދުރު ދޭ ގެ ފަހު އިތުރަށް ހޫނު ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

"މި ދުވަސްވަރު ވައިމަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައިހުރުމުން ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވޭ،" މެޓުން ބުނެފައިވެ އެވެ.

އެ އޮފީހުން ބުނެފައިވަނީ މިއީ އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރު ކަމަށެވެ.

މެޓް އޮފީހުން އޮފީހުގެ ބުނީ އާއްމު ވައިބާ ގުރޫޕުގައި ކޮންމެ ދުވަހަކު 11 އާއި 14 އަދި ހަވީރު ފަހެއް ޖަހާއިރު ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރަމުންދާނެ ކަމަށެވެ.

ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި އެންމެ ހޫނު ގަދައީ އުތުރުގަ އެވެ.