މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 456،992 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އެންމެ ފަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގިތުން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް 456992 ފަތުރުވެރިން ވަނީ ޜާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. މިއީ މދިޔަ އަހަރުގެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އަދަދާ އަޅާބަލާއިރު 43.2 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް އަންނަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިނެވެ. މިއަހަރުގެ މާޗްމަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އަންނަމުން ދިޔައީ ރަޝިއާ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5096 ފަތުރުވެރިން އާދެ އެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އާއްމުގޮތެއްގައި ރާއްޖޭގައި 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެ އެވެ.

ރާއްޖެއިން ވަނީ މިއަހަރުތެރޭ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފަ އެވެ.