ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ރެޕަޓުއާ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ގާއިމްވެގެން ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރެއް ނެރުއްވުމާ ގުޅިގެންނެވެ.
ޑރ. ޝަހީދު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާ ވާހަކަ ދެއްކުން ހުއްޓުވުން އެންމެ ރަނގަޅު ކަމަށާއި ނަމަވެސް ސްޓޭޓް އޮފް އެމެޖަންސީ ޑިކްލެއާ ނުކޮށް ހަމައެކަނި ރައިސުލްޖުމްހޫރިއްޔާގެ ގަރާރަކުން އިންސާނީ ހައްގެއް ހަނި ނުކުރެވޭނެ ކަމަށެވެ. މިގޮތަށް ރާއްޖެއިން ވަނީ 2006 ވަނަ އަހަރުގައި އައިސީސީޕީއާރްގެ ދަށުން އެއްބަސްވެފައި ކަމަށާއި އެގޮތުން އެ އެއްބަސްވުމުގެ ދަށުން ހައްގެއް ހަނިކުރެވޭނީ ތިން ޝަރުތެއް ފުރިހަމަކޮށްފައި ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވެފައިވެ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ފުރަތަމަ ޝަރުތަކީ ލީގަލިޓީކަމަށާއި ދެއްކުން މަނާ ވާހަކައެއް ނަމަ އެއީ މަނާ ވާހަކައެއްކަން ސާފުކޮށް އެނގޭ ގޮތަށް ލިޔެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައި އޮންނަން ވާނެކަމަށެވެ.
ރައީސުލްޖުމްހުރިއްޔާގެ ގަރާރެއް މި ޝަރުތުގެ ދަށުން ފާސްނުވާނެ ކަމަށެވެ. ދެވަނަ ޓެސްޓަކީ ލެޖިޓިމެސީކަން ފާހަގަކުރައްވާ ޑރ. ޝަހީދު ވިދާޅުވީ ދެއްކުން މަނާ ވާހަކައެއް ކަމަށް ނިންމަނީ އައިސީސީޕީއާރް 19(3) އިން ހުއްދަ ދޭ މަސްލަހަތެއް ހިމާޔަތް ކުރަންކަން ކަށަވަރު ކުރަން ޖެހޭނެކަމަށާއި ނޭޝަނަލް ސެކިއުރިޓީ ހިފެހެއްޓުމަކީ ހުއްދަ ކަމަކަށްވާތީ މި ޓެސްޓް އެގޮތަށް ފާސްވެދާނެކަމަށެވެ. ނަމަވެސް ތިންވަނަ ޓެސްޓަކީ "ނެސެސިޓީ އިން އަ ޑިމޮކްރެޓިކް ސޮސައިޓީ"ކަމަށްވާތީ ފުރަތަމަ ދެ ޓެސްޓުން ފާސް ވިޔަސް ހަނި ކުރެވޭނީ އެ މަސްލަހަތު ރައްކާތެރިކުރަން ކޮންމެހެން ހަނި ކުރަން ޖެހޭ ހާލަތެއްގައި، އަދި އެންމެ ކުޑަ މިންވަރެއްގެ ހުރަހަކުންކަމަށްވާތީ އިންޑިއާ އާއެކު އޮންނަ ގުޅުން ބަދަހި ކުރެވޭނެ އެހެން ގޮތް ގޮތް ހުރިހާ ހިނދަކު އިންޑިއާ އައުޓް ގޮވުން މަނާކުރުމަކީ ތިން ވަނަ ޓެސްޓުން ފަސް ވާނެކަމެއް ނޫން ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވެފައިވެ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ޚާރިޖިއްޔާއިން ގޮތް ހުސްވެއްޖެކަމަށް ސަރުކާރުން ސިފަކުރުމަކީ ފޮރިން މިނިސްޓްރީން ކުރާ ބޭއިންސާފެއް ކަމަށާއި އެއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.
ޝަހީދުގެ މިވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ. އެގޮތުން ދިޔާނާ ވިދާޅުވެފައިވަނީ ޚުދު ސްޓޭޓް އޮފް އިމަރޖެންސީ އިއުލާންކުރާ ހާލަތުގައިވެސް ގަރާރަކުން ނުހިފެހެއްޓޭނެ ހައްގުތަކެއް ހިމެނޭ ކަމަށެވެ.
އިދިކޮޅުން ހިންގާ އިންޑިޔާއައުޓް ކެޕްމެއިން ހުއްޓުވުމަށްޓަކައި އެއީ ގައުމީ ސަލާމަތަށް ނުރައްކާހުރި ހަރަކާތެއްކަމަށް ނިންމާ ރައީސުލްޖުމްހޫރިއްޔާވަނީ އެ ހަރަކާތް ހުއްޓުވުމަށް ގަރާރެއް ނެރުއްވާފަ އެވެ.
ހުރިހާވެސް މައްސަލައަކީ ދިވެހި ރައިޔަތުންނާއި ސިފައިންނަށް އަމުރުކުރަން ތިބި ވެރިންނާއި ޕޮލިހުން ބަލަރައިޔަތުން އެންޑީޕީ އަށް މަކަރުން އޮޅުވާ ލައިގެން ވިޔަސް ވެރިކަން ދީފިނަމަ ޙައިރުގާނޫނީ މިބާވަތުގެ ކަންތަށް ކުރިމަތިވާނެ ކަމާއި ރައިޔަތުންގެ މިނިވަންކަން ގެއްލިދާނެކަން މާޒީގެ އެންޑީޕީގެ ފަލްސަފާއިން ފެއްނަން އޮތްއިރު ދިވެހިންނާއި،ޕޮލިހުން ހަދުމަ ނައްތާލިކަން ެ