އުމުރުފުރާއަށް ބަދަލުތަކެއް ގެނެސް، މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ 2022- 2023 ވަނަ އަހަރުގެ ދިރާސީ އަހަރު މާލެ ސަރަހައްދުގެ ސަރުކާރު ސްކޫލުތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް ފޯމު ހުށަހަޅަން ޖެހޭނީ މެއި 16 އިން ޖޫން 30 ގެ ނިޔަލަށް ކަމަށެވެ.
މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި myoffice.moe.gov.mv/forms/id/2 އިިން ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް އެކަކަށް ވައްދާނީ ޕްރީ ސްކޫލްގައި ދެ އަހަރު ފުރިހަމަކޮށް ޖުލައި 31، 2022 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިން ކަމަށެވެ. އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށީ ދިރާސީ އާ އަހަރަށް ގްރޭޑު އެކަކަށް ވެއްދުމުގައި ބެލީ ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ.
މިދިޔަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައި ވަނީ އޮގަސްޓު މަހުގެ ތެރޭގަ އެވެ.
މި އަހަރުގެ ދެ ވަނަ ޓާމްގެ ކިޔެވުން ނިމި، ސްކޫލުތައް ބަންދު ވާނީ ޖޫން 30 ގަ އެވެ. އަދި ބޮޑު ބަންދަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭނީ އޮގަސްޓު 7 ގަ އެވެ