ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ހޯދުމަށް އެހެން ފުލުހެއްގެ ލޮގިން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ބޭނުން ނުކުރައްވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ ރައީސް ޔާމީންގެ ގެކޮޅަށް ފުލުހުން ވަނުމަށް ކޯޓު އަމުރެއް ހޯދާފައިވަނީ އެހެން ފުލުހެއްގެ ލޮގިން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ބޭނުންކުރި ކަމަށް މީޑިއާއަކުން ރިފޯޓް ކުރުމާ ގުޅިގެންނެވެ.
ފުލުހުން ބުނީ އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ކޯޓު އަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައި އޮންނަނީ އިވެސްޓިގޭޝަން އޮފިސަރު އެދުމުން އެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވުކުރުމުން ކޯޓު އަމަރު ރިކުއެސްޓު ކޮމްޕިއުޓާ ސިސްޓަމުން ޖެނެރޭޓްވާ ގޮތަށް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
"އިންޑިއާ އައުޓް" ހަރަކާތުގެ ކަންކަން ތަހުގީގުކުރުން ހަވާލުކޮށްފައިވާ ގަލޮޅު ވިލީ ފުލުހުގެ އިސްވެރިޔަކު ނަން ނުޖެހުން ޝަރުތުކުރައްވައި "ދިޔަރެސް" ނޫހަށް ދެއްވި މައުލޫމާތާ ގުޅިގެންނެވެ.
ގަލޮޅު ވިލީ ފުލުހުގެ އިސްވެރިޔާ ވިދާޅުވެފައިވަނީ ރައީސް ޔާމީނުގެ ގެކޮޅަށް ވަނުމަށް ފުލުހުން ހޯދި އަމުރު ހޯދާފައި ވަނީ އެ ތަނުގައި މަސައްކަތްކުރާ ފުލުހެއްގެ ލޮގްއިން ވަދެވަޑައިގެން މުހައްމަދު ރިޔާޒު ކަމަށެވެ. އަދި އެއީ ފުލުހުން އަމަލުކުރާ އުސޫލާ ޚިލާފު މަނާކަމެއް ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ އެއީ ދޮގު މައުލޫމާތެއް ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި ކޯޓު އަމުރަށް އެދުމުގެ އުސޫލު ހަމަޖެހިފައި އޮންނަނީ އިވެސްޓިގޭޝަން އޮފިސަރު އެދުމުން އެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވުކުރުމުން ކޯޓު އަމަުރު ރިކުއެސްޓު ކޮމްޕިއުޓާ ސިސްޓަމުން ޖެނެރޭޓްވާ ގޮތަށް ކަމަށެވެ.
ފުލުހުން މިފަދައިން ބުނެފައިވާއިރު މީގެ ކުރިންވެސް މުހައްމަދު ރިޔާޒާ ގުޅޭ ބައެއް މައްސަލަތައް އެކި ގޮތްގޮތަށް ފެންމަތިވެފައިވެއެވެ. އެގޮތުން ރައީސް ޔާމީނުގެ މައްޗަށް ދައުވާކޮށްފައިވާ ފުއްގިރި މައްސަލާގައި ޝާމިލުވާ ކުރިކު ރިޒާއާ ތަހުގީގުގެ ބޭރުން ބައްދަލުކުރައްވައި އޭނާއަށް ބިރުދެއްކެވިކަމަށް ބުނެ ރިޒާވަނީ މުހައްމަދު ރިޔާޒުގެ އޯޑިއޯއެއް ކުރިމިނަލް ކޯޓަށް ހުށަހަޅަން އެދިފަ އެވެ.