ކުނި ވަކި ކުރުމަށް ރައްޔިތުންގެ އަތުން އިތުރު ހަރަދެއް ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 53 ވަނަ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަންނަ މަހުން ފެށިގެން މާލެ ސިޓީގެ ގޭބީސީތަކުން ކުނި ނެރެންޖެހޭނީ ކުނި ވަކިކޮށްގެން ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުން ނިންމުމާއި ގުޅިގެން ޝުޖާއު ވިދާޅުވީ ކުނި ވަކި ކުރުމަކީ ރަނގަޅު ކަމެއް ކަމަށާއި އެހެންނަމަވެސް އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ޖީބަށް ބަރު ނުވާ ގޮތަކަށް ކަމަށެވެ.
ޝުޖާއު ވިދާޅުވީ ކުނި ވަކި ކުރުމަށްޓަކައި ރައްޔިތުންގެ އަތުން ބޮޑު ހަރަދެއް ކުރަންޖެހޭނެ ކަމަށެވެ. އެގޮތުން އެކި ވައްތަރުގެ ކުނި ވަކިވަކި ކޮތަޅުތަކަށް އަޅަން ޖެހުމުން ބޮޑު ހޭދައެއް ކުރަން ޖެހޭނެ ކަމުގަ އެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ސަރުކާރުން ކޮތަޅުގެ އަގު ބޮޑު ކުރަން ނިންމި ނިންމުމަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމުގަ އެވެ. އަދި ކޮތަޅެއްގެ އަގު 2 ރުފިޔާ އަށް ބޮޑު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއުގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފުވެސް ވަނީ ވެމްކޯގެ ނިންމުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސައިފް ވިދާޅުވީ ކުނި ވަކި ކުރަންޖެހެނީ ކިތަށް ކެޓަގަރީއަށްތޯ އާއި ކުނި ބަންދުކުރަން ޖެހެނީ ކޮން ގޮތަކަށްތޯ އަދި ކުނި ނެރެން ޖެހެނީ ކޮންތަނަކަށްތޯ ވެމްކޯއިން ބުނެދީފައި ނުވާ ކަމަށެވެ.
ސައިފް އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ވާގޮތުން މާލެ ސިޓީގެ ކުނި މެނޭޖް ކުރުމުގެ ޒިންމާ ހަވާލު ކުރެވިފައިވާ ފަރާތް ކަމުގައިވާ މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި ވެމްކޯއިން މިފަދަ ނިންމުމެއް ނިންމުމަކީ ވަރަށް ހިތާމަ ކުރާ ކަމެއް ކަމުގަ އެވެ.
އަންހެނުންގެ ދިރިއުޅުމުގެ ވައްޓަފާޅިން ހޯމޯންތަކަށް އަސަރު ކުރޭ!
އާއްމުން ބަލަން ބޭނުންވަނީ ހަގީގަތް، އޭއައި އެއް ނޫން: ޓޮމް
ސްކޭމްތަކުގައި ގެއްލުނު ފައިސާގެ އަދަދު 15 މިލިއަނަށް
