މާލެ ސިޓީ ކައުންސިލްގެ އެންވަރމެންޓް ކޮމެޓީއެއް އުފައްދައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މި ކޮމެޓީ އުފައްދާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 54 ވަނަ ރަސްމީ ޖަލްސާގަ އެވެ.
މި ކޮމެޓީގެ މުގައްރިރަކަށް ހަމަޖައްސާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ އެވެ. އަދި ނައިބް މުގައްރިރަކަށް ހަމަޖައްސައިފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ކަންސިލަރު ސައިފް ފާތިހު އެވެ.
މި ކޮމެޓީގެ މެންބަރުންގެ ގޮތުގައި ހަމަޖައްސައިފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދް އައިފާން، ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް އަދި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަބްދުﷲ ނާސިރު އެވެ.
މި ކޮމެޓީއަކީ މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ހުރި ތިމާވެއްޓާއި ގުޅުންހުރި ކަންކަން ކުރިއަށްވުރެ ބާރަށް ގެންދިއުމަށް އުފެއްދި ކޮމެޓީއެކެވެ.
ކޮންމެ ހަނގުރާމައަކަށްވެސް މިއޮތީ ތައްޔާރަށް: އީރާނުގެ ތަރުޖަމާނު
އިގުތިސާދަށް ބާރުބޮޑުވުމުން ބޭރުގެ އެހީއަށް ރާއްޖެއިން އެދިއްޖެ
ރަހީނުކޮށްގެން ފައިސާ ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދަށް

