ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކެޓްރީނާ ކައިފާއި ވިކީ ކޯޝަލް ރާއްޖެ އަތުވެއްޖެ އެވެ.

މި ދެ ފަންނާނުން ރާއްޖެ އައިސްފައި މިވަނީ ކެޓްރީނާގެ އުފަންދުވަސް ފާހަގަ ކުރުމަށެވެ. ކެޓްރީނާގެ އުފަންދުވަހަކީ މިއަދު އެވެ.

ކެޓްރީނާ އާއި ވިކީ އާއެކު ވިކީގެ ކޮއްކޮ ސަނީ ކައުޝަލް، ޝަރުވަރީ ވާގް، މިނީ މަތޫރު އަދި ކަބީރު ޚާން ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ކެޓްރީނާ ރާއްޖެ އައިސްފައި ވެއެވެ.

އުފަންދުވަސް ފާހަގަ ކުރުމަށް ކެޓްރީނާ ރާއްޖެ އައިސްފައިވާއިރު އޭނާ ބަނޑުބޮޑުކަމުގެ ވާހަކަ ވެސް ވަނީ ދެކެވެން ފަށާފަ އެވެ. އަދި އެކަންވެސް އިއުލާނު ކުރާނެ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.

https://www.instagram.com/p/CdUqpKpM0Ca/

ކެޓްރީނާ އާއި ވިކީ ކައިވެނިކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

https://www.instagram.com/p/CdnKAElOAen/?hl=en

ކެޓްރީނާ ކައިފް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޓައިގަރ 3 އިންނެވެ. އެ ފިލްމްގައި އޭނާ ފެންނާނީ ސަލްމާން ޚާންއާ އެކުގަ އެވެ. އަދި އިޝާން ޚައްތަރު އާއި ސިދާންތު ޗަތުރްވެދީ އާއެކު "ފޯން ބޫތު" ގައި ވެސް އޭނާ ފެނިގެން ދާނެ އެވެ.

އަނެއްކޮޅުން ވިކީގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު "މިސްޓަރ ލެލޭ" އާއި "ގޯވިންދާ މެރާ ނާމް" އާއި "ދަ ގްރޭޓް އިންޑިއަން ފެމިލީ" އަދި "ލަކްސްމަން އުޓެކަރ؛’ސް އަންޓައިޓްލްޑް ނެކްސްޓް" ހިމެނެ އެވެ.