ގާނޫނުއަސާސީގެ ދަށުން ހިޔާލު ފާޅުކުރެވޭނީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ހިޔާލު ފާޅުކުރެވޭނީ ދީނުގެ އަސްލަކާ ހިލާފް ނުވާ ގޮތަށްކަމަށާއި ހަރާމް ކަންކަން ހުއްދަވާ ގޮތަށް ވާހަކަދެއްކުމަކީ ރާއްޖޭގައި ކުށެއް ކަމަށެވެ.
"އެފަދަ މީހުންނާ މެދު ލަސްނުކޮށް ފިޔަވަޅު އަޅަން ޖެހޭ. ވެރިކަން އޮތުމީ ކޮންމެ ވާހަކައެއް ދެއްކުމުގެ ލައިސެންސެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައި މިވަނީ އެއްޖިންސުން ގުޅުން ހިންގުމަކީ ޒާތީކަމެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) ވެސް ވަނީ އެއްޖިންސުން ގުޅުން ހިންގާ މީހުންނަކީ މުޖުތަމައުއަށް ނުރައްކާތެރި ބައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
"ލިވާތު ކުރިކަމަށް ތުހުމަތުވާ މީހުން، ތަހުގީގު ނިމުނީމަ ޝަރީއަތުގެ ހުކުމެއް ނެތްހާ ހިނދަކު ބަންދުކޮށްފައި ނުބޭތިއްބޭނެ،" އިބުރާ ވިދާޅުވި އެވެ.
ނަމަވެސް އެއާ ހިލާފަށް ޔޯގާ ހަމަނުޖެހުމަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސްއަޅައި، ޖިސްމާއި ފުރާނައަށް ހަމަލާދިނުމުގެ އަމަލުތައް ހިމެނޭ ގޮތަށް އާންމު ތަނެއްގައި ހިންގި ޓެރަރިޒަމްގެ އަމަލެއްކަމުން އެފަދަ ބަޔަކު ދޫވެފައި ތިބުމަކީ މުޖުތަމައަށް އޮތް ނުރައްކަލެއް ކަމަށް އިބްރާ ވިދާޅުވި އެވެ.
މީގެ އިތުރުން ޕީޖީ އޮފީހުންވެސް ބުނެފައި ވަނީ އެގޮތަށް ނިންމީ ކުށުގެ ބާވަތުން އެއީ ބަންދުގައި ބަހައްޓަންޖެހޭ ވަރު ކުށެއް ކަމަށް ނުވުމުން ކަމަށެވެ.
އުފަން ދުވަސްތަކުގައި ކޭކު ފެޅުން ފެށިގެން އައީ ކިހިނެއް؟
"ގްރީން ޓީ"އަކީ ހަޖަމު ކުރުމުގެ މައްސަލަތަކަށް ފަރުވާއެއް ތަ؟
"އެވެންޖާސް: އެންޑްގޭމް" އަލުން ރިލީޒް ކުރަނީ!
