ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ސާބިތު ނުވުމުން ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހު އެނބުރި ވަޒީފާއަށް ނިކުންނަވަން ފަށްޓަވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ 25 އަކަށް އަހަރު ވެފައިވާ ސޯލިހުގެ މައްޗަށް ދައުވާކުރުމާ ގުޅިގެން ދެ އަހަރެއްހާ ދުވަހު ސަސްޕެންޝަނުގައި ހުންނެވުމަށް ފަހު އެވެ.
ޑރ. ސޯލިހު އަލުން ވަޒީފާއަށް ނިކުންނަވަން ފައްޓާފައިވަނީ މީގެ ދެ ހަފްތާ ކުރިންނެވެ.
ޑރ. ސޯލިހުގެ މައްޗަށް ދައުވާކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނެއް ކަމަށްވާ އެސެޓް ރިކަރަވީ ކޮމިޝަނުން ވަކި ރަށްތަކަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދާކަން އަންގާފައިވަނިކޮށް އެ މައުލޫމާތު އެނގިހުރެ، އެފަދަ ތަހުގީގެއް ކުރިއަށް ނުދާ ކަމަށް ވިދާޅުވެ ދެ ފަރާތަކަށް ސިޓީ ފޮނުވުމާއި އިތުރު ފަޅެއްގެ ސަބް ލީސް ބަދަލު ކުރަން ހުއްދަ ދެއްވުމުންނެވެ. އަދި ފަޅެއް، ސަބްލީސް ކުރުމުގައި އިއުތިރާޒެއް ނެތް ކަމަށް އެ ތަން ކުއްޔަށް ނަގާފައިވާ ފަރާތަށް ސޯލިހު ސިޓީއަކުން އެންގި ކަމަށް ވެސް ވަނީ ބުނަފަ އެވެ.
މި މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ, ދައުލަތުން ހުށަހެޅި ހެއްކަށް ބަލާއިރު އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާ ކަމަށެވެ.
ހުކުމުގައި އިތުރަށް ބުނެފައި ވަނީ ސަބް ލީސް ބަދަލުކުރުމަށް ހުއްދަ ދިނުމަށް ސޯލިހު ފޮނުއްވި ކަމަށްބުނާ ސިޓީތަކުގައި ހެޑްލީސް ބަދަލުކުރުމަށް ނުވަތަ ހިއްސާ ބަދަލުކުރުމަށް، ނުވަތަ ހެޑްލީސް ރައިޓްސް ބަދަލުކުރުމުގެ ހުއްދަ ދީފައި ނުވާކަން ފާހަގަވާ ކަމަށެވެ. އަދި އެ ކުންފުނިތަކުން އެދިފައިވަނީ ވެސް އެފަދަ ކަމަކަށް ނޫންކަން އެނގެން އޮންނަ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ކިހާދެރަވަރުކަމެއްމީ، ސިޓީ ލިޔެފައޮތީ ފާރިސީބަހުންތޯއެވެ. އެހެންޏާފަހެ ދިވެހިން ލިޔެފައޮތް ސިޓީއެއް ރަނގަޅަށް ކިޔަންނޭގޭކަން ތަހުގީގުކުރަފަރާތާ ތިޔަބުނާ ކަމިޝަނެއްގެ ތިބިބަޔަކަށް ނޭގުނުކަން އިސްވެ ކިޔާލެވުނު ޚަބަރުން އެބައެނގޭ. ކޮބައިތޯ ސާލިހުގެ ދެއަހަރު ދުވަހުގެ މުސާރަޔާ އަބުރަށް ލިބުނު ހުތުރުނަމުގެ ބަދަލު. އެއީ މިލިޔަނަކުން އަގުއަދާކުރެވޭވަރުގެ އެއްޗެއްތޯއެވެ.