މިއަދު ހެނދުނު ރާއްޖެ އައި ފްލައިޓަކުން ކާގޯ މުދާތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާލަނިކޮށް، ކޮންޓެއިނަރެއް ވެއްޓި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް އެމްއޭސީއެލްއިން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ދުބާއީން ރާއްޖެ އައި އީކޭ ފްލައިޓުން ކާގޯ ބާލަނިކޮށެވެ.
އެމްއޭސިއެލްއިން ބުނީ މިހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު ރަގަޅު ކަމަށެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުނެ އެވެ. އެކަމާއި ގުޅިގެން ހާމަކުރަންޖެހޭ އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.
މިހާދިސާގައި އަނިޔާވެފައިވަނީ އެމްއޭސީއެލްގެ މުވައްޒަފަކަށެވެ.
އެމްއޭސީއެލްއިން ބުނީ އަބަދުވެސް އެކުންފުނިން މުވައްޒަފުންގެ ރައްކާތެރިކަމަށް އިސްކަންދޭ ކަމަށެވެ.
7.35 ކްރޯޑް ރުޕީސްގެ ޖޫރިމަނާއަކާއެކު ރާޖްޕާލް އަލުން ޖަލަށް؟
ލަނޑު ޖެހުމަށްވުރެ ބޮޑަށް ޔަމާލަށް މުހިންމީ ޓީމު މޮޅުވުން
ޓައިފޫން ބާވީ ޖަޕާނުގެ ދެކުނުގެ ސަރަަހައްދުތަކަށް އަރައިފި
