ތިލަމާލް ބްރިޖު އެޅުމަށް ކުރިއަށްގެންދާ ސާވޭގައި ބޭނުން ކުރަމުންދާ އުޅަނދު ފަރަށް އަރައި، ބަޔަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިހާދިސާ ވިލިމާލެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެނދުރު 2:25 ހާއިރު ކަމަށެވެ. މި ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ ތިން މީހުންނަށް ވެސް މިހާރު ވިލިމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ތިލަމާލެ ސާވޭ ކުރާ ހަތަރު ފައި ޖެހި ޕްލެޓްފޯމަކީ އިރުއިރުކޮޅާ އެކި ދިމާލަށް ދުއްވާ ޕްލެޓްފޯމެކެވެ. ބްރިޖް އަޅަން ހަމަޖެހިފައިވާ މަގުން ޕްލެޓްފޯމް ދަތުރު ކުރާއިރު، މާލެ ޓީޖެޓީ ސަރަހައްދުން ފެށިގެން ގޮސް ވިލިނގިލި ބޭރުން ގޮސް ތިލަފުއްޓާ ދިމާލުގައި އެ ޕްލެޓްފޯމް ދޭތެރެ ދޭތެރެއިން އަޅާފައި އޮވެ އެވެ.