ބޮލީވުޑް ތަފާތު ފަސް ފިލްމެއް ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ނިންމައިފި އެވެ.

މިހާރު މަސައްކަތް ކުރިއަށް ގެންދާ ބޮލީވުޑްގެ ފަސް ފިލްމެއް ނެޓްފްލިކްސްއިން ރިލީޒް ކުރުމަށް ނިންމާ އެކަން އިއުލާނުކޮށް މިހާރު ވަނީ އެފިލްމުތަކުގެ ޕޯސްޓަރުތަކާއި ޓީޒާ އާއި ބިހައިންޑް ދަ ސީންސްގެ ބައެއް ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދޫކޮށްލާފަ އެވެ. ނެޓްފްލިކްސްއިން ދެއްކުމަށް ނިންމާފައިވާ ފިލްމުތަކުގެ ތެރޭގައި ރޮމޭންޓިކް ކޮމެޑީއާއި ކްރައިމް ތުރިއްލާ ފަދަ ފިލްމުތައް ހިމެނެ އެވެ. މި ފިލްމުތަކުގައި ފެނިގެންދާނެ ރާޖްކުމާރް ރާއޯ، ތާބޫ، ތަމަންނާ ބާޓިއާ، ސަނީ ކައުޝަލް، ޔާމީ ގައުތަމް، ސަންޔާ މަލްހޯތުރާ، އަދި ރިތޭޝް ދޭޝްމުކް ފަދަ ތަރިންނެވެ.

ޕްލޭން އޭ ޕްލޭން ބީ

ނެޓްފްލިކްސް އިން ޓީޒާ ލޯންޗުކުރި އެއް ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއް ކަމަށްވާ ޕްލޭން އޭ ޕްލޭން ބީ އެވެ. މިފިލްމު މިމަހުގެ 30 ވަނަ ދުވަހު ނެޓްފްލިކްސްއިން ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު މިފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ރިތޭޝް ދެޝްމުކް އާއި ތަމަންނާ ބާޓިއަ އެވެ. މި ފިލްމަކީ ކައިވެނި ރޫޅިފައިވާ ގާނޫނީ ވަކީލަކާއި "މެޗް މޭކާ" އެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ.

https://www.instagram.com/p/Ch1e-suJaiA/?utm_source=ig_embed&ig_rid=33694467-3796-4126-8f36-3c22023e3e15

މޮނިކާ، އޯ މައި ޑާލިން

ރާޖްކުމާރާއި ހުމާ ގުރޭޝީ އަދި ރަދިކާ އާޕްތޭ ލީޑު ރޯލުން ފެނިގެންދާ މިފިލްމަކީ ކްރައިމް ތުރިއްލާ އެކެވެ. މިއީ ވަސަން ބާލާ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

ޑައިރެކްޓަރު ވަސަން ބުނެފައިވާ ގޮތުގައި އެއީ އޭނާގެ ޑްރީމް ޕްރޮޖެކްޓެކެވެ. ކްރައިމް ކޮމެޑީގެ އެ ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދޭން ކެތްމަދުވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.

އެ ފިލްމުގައި ރާޖުކުމާރާއި ހުމާ އަދި ރަދިކާގެ އިތުރުން ސިކަންދަރު ކޭރާއި އަކަންޝާ ރަންޖަން ކަޕޫރާއި ބަގާވަތީ ޕެރުމަލް ކަހަލަ ތަރިން ފެންނާނެ އެވެ.

އެހެންނަމަވެސް މިފިލްމު އަދި ރިލީޒްކުރާނެ ތާރީހެއް ނެޓްފްލިކްސްއިން އިއުލާނެއް ނުކުރެ އެވެ.

https://www.instagram.com/p/Ch1dGxCJU84/?utm_source=ig_embed&ig_rid=3ab3be59-0b83-41a1-aee3-36cce4132a04

ޗޯރް ނިކަލް ކޭ ބާގާ

ނެޓްފްލިކްސް އިން އިއުލާންކޮށްފައިވާ މި ފިލްމަކީ ސަސްޕެންސް ތުރިއްލާ އެކެވެ. ސަނީ ކޯޝަލް އާއި ޔަމީ ގޯތަމް ލީޑު ރޯލު ކުޅޭ މި ފިލްމުގެ ބިހައިންޑް ދަ ސީންގެ ބައެއް މަންޒަރުތައް ވަނީ ދައްކާލައިފަ އެވެ.

އެ ފިލްމު ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށް ބުންޏަސް އަދި ވަކި ތާރީހެއް އިއުލާނެއް ނުކުރެ އެވެ. މިފިލްމު ޕްރޮޑިއުސްކޮށްފައިވަނީ މެޑޮކް ފިލްމްސް، ދިނޭޝް ވިޖާން، އަދި އަޖޭ ސިންގް ހެލްމެޑް އެވެ.

https://www.instagram.com/p/Ch1iSgDp1oQ/?utm_source=ig_embed&ig_rid=1315931e-0067-4522-b266-2a866ca4cc45

ކޫފިޔާ

މަޝްހޫރު ބަތަލާ ތާބޫ ލީޑު ރޯލުން ފެނިގެންދާ މިފިލްމަކީވެސް ތަފާތު ފިލްމެކެވެ. މިފިލްމުގައި ތާބޫ ފެނިގެންދާނެ ގޮތް ނެޓްފްލިކްސްއިން ދައްކާލާފައިވާއިރު މިފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ވިޝާލް ބަދްވާޖް ލިޔެ ޑައިރެކްޓްކުރާ މިފިލްމުގައި ތަބޫގެ އިތުރުން އަލީ ފަޒަލް އާއި އަޝިޝް ވިދްޔާތީ އަދި ވަމިގާ ގައްބީ ފަދަ ތަރިން ފެނިގެންދާނެ އެވެ.

މި ފިލްމާ ގުޅިގެން ތަބޫ ބުނީ މިއީ އޭނާއަށް ވަރަށް ހާއްސަ މަސައްކަތެއް ކަމަށެވެ. އެކްޓަރެއްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތްކުރަން ބޭނުންވަނީ ތަފާތު ސްޓޯރީތަކެއްގައި ކަމަށާއި މި ފިލްމުގައި އޭނާ ފެންނާނީ އެފަދަ ތަފާތު ރޯލަކުން ކަމަށް އޭނާ ބުންޏެވެ.

https://www.instagram.com/p/Ch1tuEcJk43/?utm_source=ig_embed&ig_rid=fa6c1975-ef15-4cc9-a846-f4b5d8e6353d

ކަތަލް

ސަންޔާ މަލްހޯތުރާ ލީޑް ރޯލުން ފެނިގެންދާ "ކަތަލް"ގެ ޕޯސްޓަރު ނެޓްފްލިކްސްއިން ވަނީ އާންމުކޮށްފަ އެވެ. ސަންޔާގެ އިތުރުން މިފިލްމުގައި ދެން ފެނިގެންދާނީ އަނަންތު ޖޯޝީ، ވިޖޭ ރާޒް، ރާޖްޕާލް ޔާދާވް، ނޭހާ ސަރަފް ވެސް ފެނިގެންދާނެ އެވެ.

އެ ފިލްމުގައި ސަންޔާ ފެންނަނީ ޕޮލިސް އޮފިސަރެއްގެ ރޯލުންނެވެ. އަދި ޕޮލިޓީޝަނަކު ގެންގުޅުނު ޖެކްފްރުޓުތަކެއް ގެއްލިގެން އެ ހޯދަން އޭނާއާއި އިތުރު ފުލުހުން ކުރަ މަސައްކަތްތަކެއް އެ ފިލްމުން ފެންނާނެ އެވެ.

އެވޯޑް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ އަޝޯކް މިޝްރާއާ ވާހަކައެއްގެ މައްޗަށް މިފިލްމު ޑައިރެކްޓް ކުރަނީ ޔަޝޯވަރްދާން މިޝްރާ އެވެ. މިއީ ޔަޝޯވަރްދާންގެ ފުރަތަމަ ޑައިރެކްޝަން އެވެ.

https://www.instagram.com/netflix_in/?utm_source=ig_embed&ig_rid=72beceb8-8d8f-4ff7-9095-b943e13da062