އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީ ހިތަދޫން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 28 އަހަރުގެ އުބައިދުﷲ ހަސަންއާ ރޭގެ ވަގުތެއްގައި ގުޅިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށާއި، އޭނާ ހުރީ މަސްދޯންޏެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 8:00 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ 8:00 ޖަހާ އެހާކަންހާއިރު ހިތަދޫ ގުރައިޝާ މަންޒިލް ގެ ކައިރިން ކަމަށެވެ. އަދި އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ ސޯޓަކާއި ޓީޝާޓެއް ކަމަށް ވެސް ފުލުހުން ކުރިން ވަނީ ހާމަކޮށްފަ އެވެ.