ލަންޑަން (23 އޮކްޓޯބަރު) - އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީން އެގައުމުގެ ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީން ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަކިވެ ވަޑައިގެންފި އެވެ.
ޕްރައިމަރީން ނަން އަނބުރާ ގެންދަަވަމުން ބޮރިސް ވިދާޅުވީ އެ ގައުމުގެ ސިޔާސީ މައިދާނުގައި ދެ މީހުންނަން ބޭނުންވާ ތާއީދު އޭނާއަށް އެބަ އޮތް ކަމަށާއި އެވަރުން ފުދޭ ކަމަށެވެ.
ބޮރިސްގެ މި ނިންމެވުމާއެކު ޕްރައިމަރީގައި ދެން ވާދަ ކުރައްވާނީ ކުރީގެ ޗާންސަލަރު ރިޝީ ސުނަކްއާއި ކެބިނެޓް މިނިސްޓަރު ޕެނީ މޮރްޑިއަންޓް އެވެ. މީގެ ތެރެއިން ސުނަކްއަކީ މިދިޔަ އިންތިހާބުގައި އެންމެ ކުރީގައި އުޅުއްވި އެއް ކެނޑިޑޭޓަށްވާއިރު އޭނާއަށް ވަނީ ޕާޓީގެ ގިނަ ޕާލިމެންޓް މެމްބަރުންގެ ތާއީދު ވެސް ލިބިވަޑައިގެންފަ އެވެ.
ބޮރިސް އިތުރަށް ވިދާޅުވީ ޕްރައިމަރީއާއެކު ކުރިއަށްދިޔަ ނަަމަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށާއި އެހެން ނަމަވެސް މި ވަގުތު މުހިއްމީ ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ކަމަށެވެ.
ކޮންޒަވޭޓިވް ޕާޓީގެ ޕްރައިމަރީގެ ރޭސް ފެށުނީ މަގާމުގައި އެންމެ 45 ދުވަހު ހުންނެވުމަށްފަހު އެންމެ ފަހުގެ ބޮޑު ވަޒީރު ލިޒް ޓްރޫސް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ޓްރޫސް އިސްތިއުފާ ދެއްވީ މަގާމާ ހަވާލުވެ ނިންމެވި އިގްތިސާދީ ނިންމުންތަކާއެކު ގައުމު ހަލަބޮލިވެ ފިއްތުންތައް ކުރިމަތިވެފައި ވަނިކޮށެވެ. -- ބީބީސީ