ވޮޝިންޓަން (16 ޑިސެމްބަރު) - އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭއޯ އާއި ކޮންޓެކްޓްވި މީހަކު ކޮވިޑްއަށް ޕޮޒިޓިވްވުމާ ގުޅިގެން ކަރަންޓީން ވެވަޑައިގަންނަވައިފި އެވެ.
ސްޓޭޓް ޑިޕާޓްމަންޓްއިން ބުނިގޮތުގައި ޕޮމްޕޭއޯ އާއި ކޮންޓެކްޓްވި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ސެކްޓްރީ ވެސް ވަނީ ކޮވިޑް ޓެސްޓް ކުރައްވާފައި ކަމަށާއި ނަމަވެސް ޓެސްޓް ނެގެޓިވް ވެފައިވާ ކަމަށެވެ.
އެކަމަކު ސީޑީސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރަންޓީންވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށާއި، އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށް ވެސް ބުނެފައިވެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ސެކެޓްރީ ކޮންޓެކްޓް ވެފައިވަނީ ކޮންތާކުން ކަމެއް ހާމަކޮށްފައި ނުވެ އެވެ. އަދި އެމީހާ އަކީ ކާކު ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.
ފާއިތުވި ދުވަސްތަކުގައި ސެކެޓްރީ ވަނީ ސްޓޭޓް ޑިޕާޓްމަންޓްގެ ކޮވިޑް ގައިޑްލައިން ތަކާއި ހިލާފަށް ބާއްވާފައިވާ ފާޓީތަކުގައި ބައިވެރި ވެޑައިގެންފައި ކަމަށް ރިޕޯޓްތަށް ބުނެ އެވެ. -ސީއެންއެން
ސަމާލުވޭ! ޑެންގޫ ހުމުގެ ނުރައްކާ ބޮޑުވަނީ!
މާލޭ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ
10 މިނިސްޓަރުންގެ ކުއްލި އިސްތިއުފާއެކު ކުއްލި ހައިރާން ކަމެއް
