އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންޑިއާ ސިފައިން ނެރެ ބޭރުކުރުމަށް ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕޭން މިހާރު ހުއްޓާލާފައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށް ވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
މިކަމާ ގުޅޭ ވާހަކަތަކެއް ރައީސް ނަޝީދު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ދައްކަވާފައިވާއިރު، ރައީސް ނަޝީދު ވަނީ ޕީޕީއެމާ އޮތް ހަމައެެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕޭން ކަން ފާހަގަކުރައްވައި، އެކަން ދޫކޮށްލައްވަން ރައީސް ޔާމީން އަރިހުގައި ދަންނަވާފަ އެވެ.
އެކަމަށް އިޝާރާތްކުރައްވައި މަވޯޓާ ވަނީ މިއަދު ޓްވީޓް ކުރައްވާފަ އެވެ. އަދި އެ ޓްވީޓްގައި ރައީސް ނަޝީދާއި ކުރީގެ ރައީސް ޔާމީނާ ދެމެދު އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކެމްޕޭން އަށް ވެދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މި ޓިވީޓަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ޝުޖާ) ރައްދުދެއްވާފައިވާއިރު، އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ރައީސް ނަޝީދު ކުރެ އެއް ރައީސަކަށް ވެސް ޕީޕީއެމްގެ ތާއީދެއް ނުކުރާނެ ކަމަށެވެ. އަދި އެ ދެ ރައީސުންނަށް ވެސް ޕީޕީއެމް ނުހުއްޓުވޭނެ ކަމަށް ޝުޖާއު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބާލަން ގޮވާލައި، އިދިކޮޅުން "އިންޑިއާ އައުޓް" ކެމްޕޭން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ. އެ ހަރަކާތް ހުއްޓައިލީ، އެ ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވެސް ކަނޑައަޅައި، ގަރާރެއް ނެރުއްވުމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ މި ކެމްޕެއިން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައިފަ އެވެ. ނަމަވެސް އެ ގާރާރުގެ ގާނޫނީ ސައްހަކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.
ދެދައުރޭ ވެރިކަމަކީ އެއީ އެންމެ ބަރުދަން ބޮޑު ވައުދު ކަމަށްވާ މާލެ ސަރަހައްދުން ގޯތި ދިނުމުގެ ވައުދުގައި އަތް ވެސް ލީ ވެރިއެއް ނޫނޭ އެވަރުގެ ވެރިއަކު ދެން ދެވަނަ ދައުރަކަށް ކުރިމަތި ލުން އެއީ ދެން ލަދުހަޔާތުގެ ކަންފުޅެއް ވެސް ހުރި މީހަކު ކުރާނޭ ކަމެއް ނޫނޭ ދެދައުރޭ ދެވަނަ ދައުރަކަށް އެންމެ ބަރުދަން ބޮޑު ވައުދު ނުފުއްދާ ކުރިމަތި ލުން އެއީ ސިޔާސީ ގޮތުން ކުފުރުވާ ފަދަ ކަމެކޭ އެވާނީ ސީދާ ބާތިލްގެ ތެރޭން ހިމެނޭ ކަމެކޭ ރަންކޮޅާ ވިސްނާ މިކަމުގައި ވިސްނާށޭ ދެދައުރޭ މިހާރު އެހެރީ ސިޔާސީ ގޮތުން ކުފުރުވެފަ
އަންނިވެރިކަމުގައި ހުރި ނަމަ މާލޭގައި ކުއްޔަށް ދިރިއުޅޭނެ އެކަކު ވެސް 2013 ވަނަ އަހަރު އަންނަންވާއިރަށް ނުހުންނާނެއޭ ހުޅުމާލޭން 250 ގޯތި ދިނޭ އެއިރު މީޑިއާގެ ފަލަ ސުރުޚީގައި މިވާހަކަ ނުލިޔުނު ނަމަވެސް މީ ކޮންމެ ދަރިއެއްގެ މުސްތަގްބަލެއް ކަން ރައްޔިތުންނަށް ޔަގީން ކަން ދިނީ އެއީ އަންނި ވެރިކަމުގައޭ ވައުދު ތައް ފުރިހަމަކުރަން ވަގުުތު ނުލިބެއޭ އަންނި އަކީ ރައްޔިތުންނަށް ގެދޮރު މާލޭ ސަރަހައްދުން ދޭން ހުރި ޗޮއިސްއޭ އެއްބާރުލާ ދިވެހިން ކުރިއަށް ހިނގާ އެއްބާރުލާ އެއްބާރުލާ އެއްބާރުލާ އެއްބާރުލާ...
އެއީ ޣައިރު ގާނޫނީ އަމުރެއް އޮތީމަ.