ސިނަމާލޭ ބްރިޖު ހައިވޭ މަތީގައި ނުރައްކާތެރި އެކްސިޑެންޓެެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ ވެންޓިލޭޓަރުން ނަގައިފި އެވެ.

އެ އެކްސިޑެންޓް، ހުޅުމާލެއިން މާލެއަށް ދަތުރުކުރި ދެ އުޅަނދެއް ޖެހިގެން ހިނގާފައިވާއިރު، އެކްސިޑެންޓުގައި ޒަޚަމްވި މީހާއަށް އައިޖީއެމްއެޗްގައި އަންނަނީ ފަރުވާދެމުންނެވެ.

އެ އެކްސިޑެންޓުގައި ފަރުވާދެމުން އަންނަނީ 40 އަހަރުގެ ފިރިހެނަކަށެވެ. އޭނާ މިހާރު ވަނީ ވެންޓިލަރުން ނަގާފައި ކަމަށާއި، އޭނާއަށް އައިސީޔޫގައި އިތުރު ފަރުވާދެމުން ގެންދާކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ އެކްސިޑެންޓުވި ކާރާއި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

މި އެކްސިޑެންޓު ހިނގީ ހުޅުލޭގައި މަސައްކަތްކުރާ މުވައްޒަފަކު ހުޅުމާލެ އިން ގޮސް ހައިވޭގެ މެދުން ޔޫ- ޓާންއެއް ނަގައި ހުޅުލެއަށް ވަންނަން އުޅުމުން ކާރު ލޭނުން ބާރު ސްޕީޑުގައި ދިޔަ ކާރެއްގައި ޖެހިގެންނެވެ. އެ ހާދިސާއަށްފަހު ފުލުހުން ވަނީ ހައިވޭގައި ޔޫ- ޓާން ނެގެން ހުރި ދިމާލުގައި ކޮންކްރީޓް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.

ސިނާމާލެ ބްރިޖްއާއި ހައިވޭގައި ދޭތެރެ ދޭތެރެއިން ބޮޑެތި އެކްސިޑެންޓްތައް ހިނގާފައިވެ އެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބްރިޖްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެފައިވެ އެވެ.