ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ބޭނުމުގައި ބޮން ގޮއްވަން ފުރުސަތު ދިނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން އިންތިޔާޒް ވިދާޅުވީ އެކި ސަރުކާރުތަކުން ރައީސް ނަޝީދު އަށް އެކި ގޮތްގޮތުން އަނިޔާ ދިން ކަމަށެވެ. އެކަމަކު ރައީސް ނަޝީދު އަވަހާރަ ކޮށްލުމުގެ ފުރުސަތު ދިނީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށް އިންތިޔާޒް ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ޖަލުގެ ކުޑަގޮޅިއަށްލައި އަނިޔާ ދިނުމާއި ޓިނުގޮޅި އަށްލައި އަދަބު ދިނުމާއި އަނދަގޮނޑި ޖެހުންފަދަ ބޮޑެތި އަނިޔާތައް އެކި ސަރުކާރުތަކުން ދިން ކަމަށެވެ. ހަމައެކަނި ބޮމުގެ ހަމަލާއަކުން ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއްދީފައިވަނީ ރައީސް ސޯލިހްގެ ސަރުކާރު އޮވެ ކަމަށް އިންތި ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާދިނީ އެކަމުގެ އިންޒާރުތައް ސަރުކާރަށް ލިބިފައި އޮއްވާ ކަމަށްވެސް އިންތި ވިދާޅުވި އެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ބޮމުގެ ހަމަލާއެއް ދީފައިވަނީ މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނުގެ ގެކޮޅުން ނުކެވަޑައިގެން ހިންގަފާފައި ވަޑައިގަންނަވަނިކޮށެވެ.
ޅަފާކުތެވެނީ އަމިއްލަށް ކުރި ކަމަކަށް ކުރަން އުޅުނު ވަރަށްވުރެ ބޮޑުވަރުވީހެން ހީވަނީ