ބޭރުގެ ކުންފުނިތަކަށް ރާއްޖެއިން ބިން ވިއްކުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު "ތިޔަހެން ނުވިއްކޭނެ" ނަމުގައި މުޒާހަރާއެއް ކުރަން ޕީޕީއެމް އިން ނިންމައިފި އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ތިލަފުށިން ސިނާއީ ބޭނުންތަކަށް ބޭރު މީހުންނަށް ބިން ގަންނަން އަދި ކުއްޔަށް ނެގުމަށް ހުޅުވާލުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބާއްވާ އެއްވުމެކެވެ.
އެ އެއްވުމާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު އިދިކޮޅު ކޯލިޝަނުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ތިލަފުށިން ހިތުހުރިހާ ގޮތަކަށް ބިން ވިއްކާ، އަދި އުމުރު ދުވަހަށް، ބޭރުގެ ކުންފުނިތަކަކަށް ވަކިން ހާއްސަކޮށް ނުއަގުގައި ދިނުމަކީރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
ޝިޔާމް ވިދާޅުވީ މި ހަރަކާތް ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިންގެ ބިންތައް "ނުއަގުގައި، ބިން ވިއްކުމުގެ ގާނޫނުތަކާ ހިލާފަށް" ސަރުކާރުން ސިޔާސީ ބޭނުމަށް ވިއްކާތީ ކަމަށެވެ. އަދި 99 އަހަރަށް ބޭރު ބައެއްގެ އަތްމައްޗަށް ރާއްޖެއިން ބިން ދޫކޮށްލުމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫއު އަރައިފާނެ ކަމެއް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
އީދަށް މޫސުން ގޯސް، ދަތުރު ފަތުރު ކުރުމުގައި ސަމާލުވޭ!
ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވް ވެއްޖެ
އަރަފާތް ދުވަހުގެ ހުތުބާ އާއި އީދު ނަމާދު ކުރައްވާނީ ދެ ބަފައިން
