މިއަދަކީ ހުކުރު ދުވަހެވެ. ހަފްތާގެ އީދު ދުވަހެވެ. އީދު ދުވަހެއްގެ މެންދުރު ސުފުރާ ފަޅުވެގެން ނުވާނެ އެވެ. އެހެން ކަމުން މި ހިއްސާކޮށްލަނީ މި ދުވަހުގެ ސުފުރާއަށް ހަމަ އެއްވަނައިގެ ކެއުމެކެވެ.

ބޭނުންވާ ތަކެތި

  • 3 ޖޯޑު ޕާސްތާ
  • 1 ދަޅު މަސް
  • 1 ފިޔާ (ކޮށާފައި)
  • 1 ދަޅު މަޝްރޫމް
  • 1 ތަށި ޗީޒް (ގާނާފައި)
  • ރޯމިރުސް (ރަހަލާވަރަށް)
  • 1 ސައި ސަމުސާ ލޮނު
  • ކޮރިއެންޑާ ފަތްކޮޅެއް

ތައްޔާރު ކުރާނެ ގޮތް

  1. ފެން ތެއްޔެއް އުދުމަށްފަހު ބޮކި ޖަހާވަރަށް ހޫނުވުމުން ޕާސްތާކޮޅު އަޅައި މަޑުކޮށްލާށެވެ. ތަތްލުން ކުޑަ ކުރުމަށްޓަކައި ތެޔޮ ފޮދެއް ބޭނުން ކުރެވިދާނެ އެވެ. ޕާސްތާކޮޅު ރަނގަޅަށް މަޑުވުމުން އެއްފަރާތް ކޮށްލާށެވެ.
  2. 175 ޑިގްރީއަށް އަވަން ހޫނުކޮށްލާވެ.
  3. ދެން ބޯތަށްޓެއްގެ ތެރޭގައި މަސް، އިނގުރު، ރޯމިރުސް، ފިޔާ އަދި މަޝްރޫމް ރަނގަޅަށް އެއްކޮށް މޮޑެލާށެވެ.
  4. އެއަށް ފަހު މަޑުކުރި ޕާސްތާ، މޮޑުނު މަސް އަދި ރަނގަޅަށް އެއްކޮށްލާށެވެ. ދެން މައްޗަށް ޗީޒް އެޅުމަށްފަހު 25 މިނިޓް ވަންދެން އަވަނުގައި ބަހައްޓާށެވެ.
  5. ދެން މައްޗަށް ކޮރިއަންޑާ ފަތްކޮޅު އަޅާފައި އިތުރު ފަސް މިނިޓް ވަންދެން ފިހެލާށެވެ.