ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާގައި ހިމެނޭ 53 މިލިއަން ރުފިޔާ ހަމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތުއުނާފް ކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަންސާސް ދެ މިލިއަށް ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގައި އެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

މި ދައުވަގައި ހިމެނޭ 52 މިލިއަންރުފިޔާ އިން ޖޫރިމަނާ ކުރަން ކޮށްފައިވާ ހުކުމް ޔާމީންގެ ފަރާތުން އިސްތިއުނާފް ކޮށްފައިވަނީ މިއަދު އެވެ.

އަދި މިމައްސަލާގައި ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް މިދިޔަ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހު ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި އެވެ. ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރި މައްސަލާގައި އިސްލާހު ކުރުމަށް ނުކުތާ ތަކެއް ހުރުމުން އެކަން އަންގާ ޔާމީންގެ ވަކީލުންނަށް ސިޓީ އެއް ހައިކޯޓުން ވަނީ ފޮނުވާފަ އެވެ.