އިދިކޮޅު ކެންޑިޑޭޓް ރައީސް ޔާމީންގެ ނަން ނެތް އިންތިހާބެއް ނުބޭއްވޭނެ ކަމަށާ އެއް ހާސް ފަހަރު ބުނަން ޖެހުނަސް އެ ވާހަކަ ބުނަން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި މިއަދު ހަވީރު ބޭއްވި އިހުތިޖާޖުގެ ތެރެއިން މާލޭގައި ރަސްފަންނުގައި ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ދޭތެރޭ ސުވާލު ކުރަން އެހެން ޕާޓީތަކަށް ނުޖެހޭނެ ކަމަށާ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި އެކަން ބަދަލުނުކުރެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އައްޑު ސިޓީގައި

އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއް ނެތް ގޮތަށް މި އިންތިހާބެއް ނުބޭއްވޭނެ ކަމަށެވެ. އަދި އެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެއްހާސް ފަހަރު ބުނަން ޖެހުނަސް މި ތިބީ ބުނަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާ އެއްކޮށް ހުކުމް އިއްވާފައި ވަނީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ގަ އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައި ވަނީ ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. ކުރިމިނަލް ކޯޓުން ހުކުމް ކުރުމާއެކު ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

ރައީސް ޔާމީންގެ މައްސަލަ މިހާރު ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އެހެންވެ ހައިކޯޓުން އެމައްސަލަ ނިންމާ ގޮތެއްގެ މައްޗަށް ބަލައި އަދިވެސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް އެބައޮތެވެ.