ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ސާހު، ޖުމްހޫރީ ޕާޓީގެ ކައުންސިލު މެމްބަރު ކަމުގެ މަގާމުން އިސްތިއުފާދެއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއިދުކުރައްވާކަން ހާމަކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީއިން ވަކިވުމަށް ނިންމާފައިވާކަން ހާމަކުރައްވާ ސާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިޚާބު ކުރުމަށް ތާއީދުކުރައްވާތީ ޖޭޕީގެ ކައުންސިލު މެންބަރުކަމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށެވެ.

ޖޭޕީގެ ޓިކެޓުގައި ޕާޓީގެ ލީޑަރު ގާސިމް އިންތިހާބަށް ނިކުންނަވާއިރު ޝާހު ވިދާޅުވީ އޭނާ ގަބޫލު ކުރާގޮތުގައި ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު އިންތިހާބު ކުރުމަކީ މިވަގުތު ރާއްޖޭގެ މުސްތަގުބަލަށް އެންމެ ފައިދާ ހުރިގޮތް ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުން ދެމެހެއްޓޭނެ ވެރިއަކީ ރައީސް ސޯލިހު ކަމަށް ގަބޫލު ކުރައްވާކަމަށް ވިދާޅުވި އެވެ.

ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ގާސިމް ބެހެއްޓެވި ގާތްކަމަށާއި ކުރެއްވި އިތުބާރަށް އާޒިމްގެ ސިޓީގައި ޝުކުރު އަދާ ކުރެއްވި އެވެ.

ޝާހުގެ އިތުރުން ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން މިއަދު ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާއި އެމްޓީސީސީގެ ސީއީއޯ އާޒިމްވެސް ޖޭޕީއިން ވަކިވެފަ އެވެ. މީގެ ކުރިން ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު އާއި އިމިގްރޭޝަން ކޮންޓްރޯލާވެސް ޖޭޕީން ވަނީ ވަކިވެފަ އެވެ.

ޖޭޕީއަށް ނިސްބަތްވާ އިސް ބޭފުޅުން މަގާމު ދިފާއުކުރުމަށް އެޕާޓީއިން ވަކިވާއިރު ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ އެމަގާމުތަކުން ވަކިކުރައްވަމުންނެވެ.

މިގޮތުން އެސްޓީއޯގެ އެމްޑީގެ މަޤާމުގައި ހުންނެވި ހުސައިން އަމްރު އަދި ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތު ކުރިއަރުވައި ދަނޑުވެރިކަން އާލާކުރުމަށް އުފައްދާފައިވާ ކުންފުނި، އެގްރޯނެޓް ގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގައި ހުންނެވި ހާރޫން ރަޝީދުވެސް ވަނީ މަޤާމުން ވަކިކުރައްވައިފަ އެވެ.