މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް މިސަރުކާރުން ކުރި އެއްވެސް ކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު ހުޅަނގުު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ގަރާރަށް ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އެހެން ކަންކަން ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރާ ވަރަށް މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މާބޮޑު ޝައުގުވެރިކަމެއް ނުދޭ ކަމަށެވެ.

"އެ ދާއިރާތަކުގައި ހިދުމަތްދޭނެ މުވައްޒަފުން ނެތިގެން ނުވަތަ ޑޮކްޓަރުންނާއި އެކްސްޕާޓުން ނެތިގެން ނުވަތަ ބޭސް ނެތިގެން އަދި ކޮންމެ ކަމެއް ނަމަހީވެސް ނެތިގެންދާ ދިއުން އޭގެން މި ފެންނަނީ އެކަމަކަށް އަހަމިއްޔަތުކަން ދޭން ބޭނުންވާ މިންވަރު،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން ފުރުވާލެވޭ ގޮތަށް ހަދާފައިވާ ގަވާއިދުގެ ސަބަބުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ދުވަހަކުވެސް ހައްޔަރު ނުކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ވެސް ސިންގަޕޫރު ފަދަ ގައުމުތަކުން އަމަލުކުރާ ގޮތަށް އަމަލު ކުރާނަމަ އެކަމަަށް ހައްލު ލިބިދާނެ ކަމަށެވެ.

ގާސިމް ވިދޅާުވީ މިސަރުކާރުން މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުަމަށް ގިނަ މަސައްކަތްތަެއް ކުރުމަށް މެނިފެސްޓޯ އެކުލަވާލި ކަމަށެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ދައުލަތުން އެއްޗެހި ގެއްލިގެންދ ވާހަކަ ދެއްކީމާ އެއީ އެ މުއައްސަސާތަކަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ފާޑުކިޔުން ކަމާށޤ ބައެއް ބޭފުޅުން ދެކޭ ކަމަށެވެ. އެހެން ނަމަވެސް މަޖިލިސް މެންބަރުންނަކީ މި ބާވަތުގެ ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުވަން ތިބޭ ބައެއް ކަމަށާއި، ވަކި މީހަކާ ޒާތީ ގޮތުން ދިމާކުރަން ދައްކަ ވާހަކައެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.