ބޭނުންވާ ތަކެތި

  • 500 ގްރާމް ކުކުޅު (1 އިންޗި ބޮޑުކޮށް ކޮށާފައި)
  • 1 މޭޒުމަތީ ސަމުސާ ކޮތަނބިރި ޕައުޑަރު
  • 1 މޭޒުމަތީ ސަމުސާ ޔޯގަޓް
  • 4 ތޮޅި މިރުސް
  • 4 މޭޒުމަތީ ސަމުސާ މަސްޓަޑް އޮއިލް
  • 1 ސައި ސަމުސާ ރެޑް ޗިލީ ޕައުޑަރު
  • 1 ސައި ސަމުސާ ރީނދޫ
  • 10 ހިކަނދި ފަތް
  • 4 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
  • ރަހަލާވަރަށް ލޮނުކޮޅެއް

ތައްޔާރު ކުރާނެ ގޮތް

  1. ކުކުޅު ކޮޅު މެރިނޭޓް ކުރުމަށްޓަކައި ޗިލީ ޕައުޑަރު، ކޮތަނބިރި ޕައުޑަރު، ރީނދޫ، ޔޯގަޓް އަދި ލޮނު ބޯތަށްޓެއްގައި އެއްކޮށްލާށެވެ. ކުކުޅު ދޮވެލުމަށްފަހު އެއްކުރި ޕޭސްޓް ކުކުޅުތަކުގައި އުނގުޅާލާށެވެ. އަދި އެއަށްފަހު އައިސް އަލަމާރީގައި މަދުވެގެން 4 ގަޑިއިރު ބަހައްޓާލާށެވެ. ގިނައިރު މެރިނޭޓު ކުރުމަކީ ކެއުމުގެ ރަހަ ރަނގަޅު ކޮށްދޭނެ ކަމެކެވެ.
  2. ތަވައެއްގައި ތެޔޮ ހޫނު ކުރުމަށްފަހު މަޑު ގިނީގައި މެރިނޭޓް ކުރި ކުކުޅު ކޮޅު ތެއްލާލާށެވެ. މަޑު ރަންކުލަ އެރުމުން ކުކުޅު ކޮޅު ބޭނުންވަރަށް ތެއްލެވުނީ އެވެ.
  3. ކުކުޅުތައް ތެއްލެވުމުން އެހެން ތެއްޔެއްގައި ތެޔޮ ނާޅާ ކުކުޅުތައް ކައްކާށެވެ. މިއީ ކުކުޅުތައް މުރަނަ ކޮށްލުމަށްޓަކަ އެވެ.
  4. ރަނގަޅަށް މުރަނަ ވުމުން ތޮޅި މިރުސް، ހިނކަދިފަތް، ޓޮމާޓޯ ކެޗަޕް އެއްކޮށް ކުކުޅުތަކުގައި ރަނގަޅަށް ހާކާލުމަށްފަހު 5 މިނެޓު ވަންދެން ކައްކާލާށެވެ. އެއަށްފަހު އުނދުން މަތިން ބާލާށެވެ.