ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ގާސިމް އާއި ނަޝީދުގެ ބައްދަލުވުން އޮތީ މިއަދު ހަވީރު ގާސިމްގެ ސަން އައިލެންޑް ރިސޯޓުގައި އެވެ.

މިބައްދަލުވުމުގައި ރައީސް ނަޝީދުގެ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ހަރަކާތުގައި އިސްކޮށް އުޅުއްވާ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވެސް މިބައްދަލުވުުގައި ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވަ އެވެ. ރައީސް ނަޝީދާއި ގާސިމްގެ މިބައްދަލުވުމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ރައީސް ނަޝީދާއި ގާސިމް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޖުމްހޫރީ ޕާޓީއާއި ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުން ފެކްޝަނުން ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މިހާރު ގެންދަނީ މަޝްވަރާ ކުރަމުންނެވެ. އަދި އެ މަޝްވަރާތައް ފަށާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.

ރައީސް ނަޝީދާއި ގާސިމް މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޖުމްހޫރީ ޕާޓީއާ ރައީސް ނަޝީދު ގުޅިގެން މިހާރު ވަނީ މެނިފެސްޓޯ އެކުލަވާލުމަށް މަޝްވަރާތައް ފަށާފައި އެވެ. އަދި އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގުޅިގެން ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ޓައިމްލައިނެއް އެކުލަވާލުމަށް ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.