ބޭނުންވާ ތަކެތި

  • ½ ބީފް (ތުނިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމްސާ ޒުވާރީ ފުށް
  • 2 މޭޒު މަތީ ސަމްސާ ތެޔޮ
  • ½ މޭޒު މަތީ ސަމްސާ ލޮނުމެދު (ޗަިސްކޮށްފައި)
  • 1 މޭޒު މަތީ ސަމްސާ އިނގުރު (ޗިސްކޮށްފައި)
  • ¼ ޖޯޑު ސޯޔާ ސޯސް
  • ¼ ޖޯޑު ރާހުތް
  • ¼ ޖޯޑު ބްރައުން ޝުގާ
  • 2 ލީކްސް (ކުދިކޮށް ކޮށާފައި)
  • ¼ ޖޯޑު ފިނިކުރި ފެން
  • ސެސަމީ ސީޑްސް ކޮޅެއް

ތައްޔާރުކުރާނެ ގޮތް

  1. ތަށްޓަކަށް އެއް މޭޒު މަތީ ސަމްސާގެ ޒުވާރީ ފުށާއި ބީފް ކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އަދި ފަސް ވަރަކަށް މިނެޓް ބެހެއްޓުމަށްފަހު މި ބީފްކޮޅު ތެލުލާށެވެ.
  2. ތަވައަކަށް ތެޔޮ ކޮޅެއް އެޅުމަށްފަހު ތެޔޮކޮޅު ހޫނުވުމުން އޭގެ ތެރެއަށް ލޮނުމެދު އަދި އިނގުރު އަޅައި އޭގެ ވަސް ހިފަންދެން ކައްކާލާށެވެ. އެއަށްފަހު ސޯޔާ ސޯސް، ރާހުތް އަދި ބްރައުން ޝުގާ އެޅުމަށްފަހު ބޮކި ޖަހައި ރަނގަޅަށް ކެކެންދެން ކައްކާލާށެވެ.
  3. އެހެން ތަށްޓެއްގައި ބާކީ ހުރި ކޯންފްލާ ކޮޅު ފެންފޮދާ އެއްކުރުމަށްފަހު ތަވާ ތެރެއަށް އަޅައި އެއްކޮށްލާށެވެ.
  4. އެއަށްފަހު ތަވާގެ ތެރެއަށް ކުރިން ތެއްލި ބީފްކޮޅާއިި ލީކްސްކޮޅު އަޅައި ސޯސްގަނޑު ރަނގަޅަށް އޮލަވަންދެން ކައްކާލާށެވެ.
  5. ބީފްކޮޅު ގާނިޝް ކޮށްލަން މީގެ މައްޗަށް ބޭނުންނަމަ ސެސަމީ ސީޑްސްކޮޅެއް ބުރުވާލެވިދާނެ އެވެ.