ބޭނުންވާ ތަކެތި

  • 1/4 ޖޯޑު ހަކުރު
  • 2 ބިސް
  • 2 ބިސް (ގޮބޮޅި ވަކިކޮށްފައި)
  • 2 ސަމްސާ ފުށް
  • 113 ގުރާމް ބަޓަރު
  • 170 ގުރާމް ޗޮކްލެޓް (ޑާކް)
  • 1/4 ސައި ސަމުސާ ލޮނު
  • މަފިން ކަޕް

ތައްޔާރު ކުރާނެ ގޮތް

  1. އެންމެ ފުރަތަމަ ބަޓަރު އަދި ޗޮކްލެޓްކޮޅު ތައްޓެއްތެރޭގައި ދިޔާކޮށްލާށެވެ. ދިޔާކޮށްލާނީ ކެކެމުންދާ ފެންތެއްޔެއްގެ މަތީގައެވެ.
  2. އެއަށްފަހު 2 ބިސް އަދި އިތުރަށް ނެގި 2 ބިހުގެ ގޮބޮޅި ވަކިން ތައްޓެއްގައި އެއްކުރާށެވެ.. ބިސްކޮޅު ހުދުވުމުން ހަކުރާއި ލޮނުކޮޅު އަޅާފައި ގަށާލާށެވެ.
  3. މި މިކްސްޗަރު އެއްކުރާނީ ކުލަ އަލި، ފުށްގަނޑަކަށް ވަންދެނެވެ. އެއަށްފަހު ދިޔާކުރި ޗޮކްލެޓާއި ބަޓަރު އެއްކޮށްފައި ފުށްކޮޅު އަޅާފައި ގިރާލާށެވެ.
  4. ގިރާ ނިމުމުން މަފިން ކަޕްތަކުގެ މެދާހަމަޔަށް ފިލްކޮށްލާފައި މަފިން ޓްރޭއެއްގައި އަތުރާލާ، 12 މިނެޓް ވަންދެން 180 ޑިގްރީސް ސެލްސިއަސްގައި ފިހެލާށެވެ. މިކޭކް ފިހެވި ނިމޭއިރު ހުންނަންވާނީ ބޭރުފުށް ފިހެވި، އެތެރެ ދިޔާކޮށެވެ.
  5. ފިހެވުމުން ކޭކު ހިހޫވަންދެން ބަހައްޓާލައި، ކެއުމުގެ ކުރިން މައްޗަށް ކޮކޯ ނުވަތަ އައިސިންގ ހަކުރުކޮޅެއް ބުރުވާލާށެވެ.