ގުރައިދޫ ދާއިރާގެ ބައި- އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒް ކާމިޔާބު ކޮށްފި އެވެ.

މިދިޔަ 14 އަހަރު ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ، މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާ އެވެ.

ގުރައިދޫ ހިމެނޭ އެ ދާއިރާގެ ތިން ރަށް ކަމަށްވާ ގުރައިދޫ އާއި މާފުށި އަދި ގުޅީގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:00ގަ އެވެ. މާލޭގައި ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:30 ގަ އެވެ. ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހަވީރު 5:00 އާ ހަމަޔަށެވެ.

ގުރައިދޫ ގައި ބަހަށްޓަފައި ހުރި 6 ފޮށިން އެންމެ ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓް ޝާޒް އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ޝާޒުއަށް އިންތިޚާބުގައި ވަނީ 1340 ވޯޓު ލިބިިފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ ޕީޕީއެމް ކެންޑިޑޭޓު ހުސައިން ރިޒާ އާދަމެވެ. އޭނާއަށް ލިބިފައި ވަނީ 1226 ވޯޓު ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ.

ވަގުތީ ނަތީޖާ

  • މާލޭގައި ބެހެއްޓި ފޮށި: ޕީޕީއެމްއަށް 150 ވޯޓު، އެމްޑީޕީއަށް 162 ވޯޓު، އެމްއެންޕީއަށް 20 ވޯޓު
  • ގުރައިދޫގައި ބެހެއްޓި ފޮށި 1: ޕީޕީއެމްއަށް 219 ވޯޓު، އެމްޑީޕީއަށް 179 ވޯޓު، އެމްއެންޕީއަށް 29 ވޯޓު
  • ގުރައިދޫގައި ބެހެއްޓި ފޮށި 2: ޕީޕީއެމްއަށް 210 ވޯޓު، އެމްޑީޕީއަށް 240 ވޯޓު، އެމްއެންޕީއަށް 20 ވޯޓު
  • މާފުށީގައި ބެހެއްޓި ފޮށި 1: ޕީޕީއެމަށް 226 ވޯޓު، އެމްޑީޕީއަށް 308 ވޯޓު، އެމްއެންޕީއަށް 27 ވޯޓު
  • މާފުށީގައި ބެހެއްޓި ފޮށި 2: ޕީޕީއެމަށް 179 ވޯޓު، އެމްޑީޕީއަށް 196 ވޯޓު، އެމްއެންޕީއަށް 24 ވޯޓު
  • ގުޅިގައި ބެެހެއްޓި ފޮށި: ޕީޕީއެމްއަށް 242 ވޯޓު، އެމްޑީޕީއަށް 256 ވޯޓު، އެމްއެންޕީއަށް 16 ވޯޓު

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އިންތިހާބުގައި 3،423 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. އޭގެ ތެރެއިން މިއަދު ވޯޓުލާފައިވަނީ 2،755 މީހުން ނުވަތަ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ %80.4 އެވެ.

ގުރައިދޫ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން އަންނަނީ ގުރައިދޫގައި އުފާ ފާޅު ކުރަމުންނެވެ.