ބޭނުންވާ ތަކެތި

  • 3 ތަށި މެކަރޯނީ (ފެނުކައްކާފައި)
  • 1 ދަޅު މަސް
  • 1 ފިޔާ (ކޮށާފައި)
  • 1 ތަށި ޗީޒް (ގާނާފައި)
  • 1 ގިތެޔޮ މިރުސް (ކޮށާފައި)
  • ކުޑަ އަޖިނަމޮޓޯ ކޮޅެއް

ތައްޔާރު ކުރާނެ ގޮތް

  1. ފުރަތަމަ 175 ޑިގްރީއަށް އަވަން ހޫނުކޮށްލާވެ.
  2. ދެން މަސް، އިނގުރު، ރޯމިރުސް އަދި އަޖިނަމޮޓޯ އެއްކޮށް ރަނގަޅަށް މޮޑެލާށެވެ.
  3. އެއަށް ފަހު މޮޑުނު މަސްގަނޑުގެ ތެރެއަށް މެކްރޯނީ އަޅައި އެއްކޮށްލާށެވެ.
  4. ދެން މައްޗަށް ޗީޒް އެޅުމަށް ފަހު 25 މިނިޓް ވަންދެން އަވަނުގައި ބަހައްޓާށެވެ.
  5. އެއަށްފަހު މައްޗަށް ފިޔާކޮޅު އަޅާފައި އިތުރު ފަސް މިނިޓް ވަންދެން ފިހެލާށެވެ.